އައިޖީއެމްއެޗް

އައިޖީއެމްއެޗުން މޮބައިލް އެޕްލިކޭޝަނެއް

އައިޖީއެމްއެޗުގެ މޯބައިލް އެޕްލިކޭޝަން
0%
0%
0%

އައިޖީއެމްއެޗްގެ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް މޮބައިލް އެޕްލިކޭޝަނެއް ތައާރަފު ކޮށްފި އެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ އެ ހޮސްޕިޓަލުގައި މިއަދު ގާއިމްކުރި އެޗްއެމްއައިއެސް ސިސްޓަމަކީ ޑިޖިޓަލްކޮށް ސިއްހީ ރިކޯޑުތައް މެނޭޖް ކުރަން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އަދި އެ ހޮސްޕިޓަލުގެ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް އެޗްއެމްއައިއެސްގެ ދަށުން އައިޖީއެމްއެޗް މޮބައިލް އެޕްލިކޭޝަނެއްގެ އިތުރުން ޕޭޝަންޓް ޕޯޓަލްގެ ނަމުގައި އޮންލައިން ޕޯޓަލްއެއް ވެސް މިއަދު ތައާރަފު ކޮށްފައި ވެއެވެ.

އެ ހިދުމަތާއެކު އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމާ، ބޭސް ސިޓީ، ލެބް ރިޕޯޓް އަދި އެހެނިހެން ރިޕޯޓުތައް ބަލައި، ޑައުންލޯޑު ކުރެވުމުގެ އިތުރަށް ބިލުތައް އޮންލައިންކޮށް ދެއްކޭނެ ކަމަށެވެ. އަދި ޕޭޝަންޓް ޕޯޓަލަގައި ރިޖިސްޓަރީވާ މީހުނަށް އާއިލާގެ މެންބަރުންގެ މައުލޫމާތު ވެސް ބެލޭނެ ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910