އޭސީސީ

އޭސީސީގެ މެމްބަރު އަޝްރަފް އިސްތިއުފާ ދެއްވައިފި


އޭސީސީގެ މެމްބަރު އަލީ އަޝްރަފް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭސީސީގެ އޮފިޝަލަކު އަވަސް އަށް ވަނީ އަޝްރަފް އިސްތިއުފާ ދެއްވިކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އަދި ވިދާޅުވީ އަޝްރަފް އިސްތިއުފާ ދެއްވެވީ އަމިއްލަ ސަބަބުތަކަކާ ގުޅިގެން ކަމަށެވެ.

އޭސީސީގެ މެންބަރުކަމަށް އަޝްރަފް އައްޔަން ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭނާއަކީ ވިލާ ކޮލެޖުގެ ޑިރެކްޓަރު އޮފް މާކެޓިންގެ މަގާމާއި ހިންގުމުގެ ދާއިރާގެ އެކިއެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.