މަސްވެރިން

މަސްވެރިންގެ ކަންބޮޑުވުންތަކުގެ ހަރަކާތެއް ބާއްވަނީ

މަސްވެރިން ކަންބޮޑުވުންތަކެއް ފާހަގަކޮށް އެކަން ކަން ހާމަ ކުރާ އިހުތިޖާޖެއް ކުރަން ނިންމައިފި އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން މި ހަރަކާތް ބާއްވަން ނިންމާފައި ވަނީ މަސްވެރިންގެ ދުވަހު އެވެ. މަސްވެރިންގެ ދުވަހުގެ ގޮތުގައި ރާއްޖެއިން ފާހަގަ ކުރަނޫ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ފާހަގަކޮށް މިދިޔަ އަހަރު ވެސް މަސްވެރިން އިހުތިޖާޖުތަކަށް ނުކުތެވެ. އެކަން ކަމަށް މިހާތަނަށް ވެސް ހައްލެއް ނުލިބޭތީ މިއަހަރު ވެސް ހަރަކާތަށް ނުކުންނަން ނިންމީ ކަމަށް ޔޫނިއަނުން ބުންޏެވެ.

ޔޫނިއަންގެ އޮފިޝަލަކު ވިދާޅުވީ އެ ޖަމިއްޔާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހަމަ އަގު ނުލިބުން ކަމަށެވެ.