ހަބަރު

ރާއްޖެއިން އަލަށް ފެނުނު މަހަކަށް "އަސުރުމާ" ކިޔައިފި

ރާއްޖެއިން މުޅިން އަލަށް ފެނުނު މަހަކަށް "އަސުރުމާ ބުރެކި" ނަން ދީފި އެވެ.

މިމަހަކީ މީގެ މަހެއްހާ ދުވަސް ކުރިން ކ. ގާފަރު ކަނޑުއޮޅީގެ 200 މީޓަރެއްހާ ބޭރުން 500 މީޓަރުހާ އަޑިން ބޭނި މަހެކެވެ. އަދި މެރިން ރިސާޗް ސެންޓަރުގެ އެދުމުގެ މަތިން އޭނާ ވަނީ މި މަސް މެރިން ރިސާޗް ސެންޓަރަށް ހަދިޔާކޮށްފަ އެވެ. އެ ސެންޓަރުން ބުނެފައި ވަނީ އެއީ ރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ ވައްތަރެއްގެ މަހެއް ކަމަށެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ދެ ސިޔާސީ ޕާޓީގެ ތެރެއިން ޕީޕީއެމްގެ ފިޔާތޮށި ކުލައިގައި އޮތް މިމަހަށް އިނގިރޭސިން ކިޔަނީ "މެގަންތިއަސް ފިލިފެރަސް" އެވެ. މެރިން ރިސާޗު ސެންޓަރުން ބުނީ ތަޖުރިބާ ކާރުންނާ މަޝްވަރާ ކުރި އިރު، އެމަހަށް ކިޔަން އެންމެ އެކަށީގެންވާ ނަމެއް ކަމަށް ކަނޑައެޅީ، "އަސުރުމާ ބުރަކި" ކަމަށެވެ. .

މިމަހަށް އަސުރުމާ ބުރެކީގެ ނަން ދިނުމުން ސޯޝަލް މީޑިއާގައި ވަނީ އަލަށް ފެނުން މަހުގެ ނަންވެސް ސިޔާސީ ކުރި ކަމަށް ބުނެ ފާޑު ކިޔާފަ އެވެ. ސޯޝަލް މީޑިއާގައި ފާޑުކިޔާ ފަރާތްތަކުން ބުނަނީ، މިކަން ވެސް ކޮށްފައި މި އޮތީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށެވެ. މިއަދުގެ އެންމެ ހޫނު ބަހުސަކަށް ސޯޝަލް މީޑިއާގައި ކެކެމުން މި އަންނަނީ މި ބަހުސެވެ.