ލައިފްސްޓައިލް

ކޮވިޑާހެދި އަޅާނުލެވި އެއިޑްސް ހާލަތު ގޯސްވަނީ

އެޗްއައިވީ އަދި އެއިޑްސް ގްލޯބަލް ސްނެޕްޝޮޓްއިން އިންޒާރު ދޭ ގޮތުގައި ކޮވިޑް-19 އާ ހެދި އެޗްއައިވީ / އެއިޑްސްގެ ހާލަތު ވަރަށް ބޮޑަށް ގޯސް ވެއްޖެ އެވެ. އަދި އެޗްއައިވީ އެޕިޑެމިކެއް ފެށީފައިވާ ކަމަށާއި ބަލިޖެހުމުގެ ނުރައްކާ އެންމެ ބޮޑު ނާޒުކު ބަޔަކީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިން އަދި މާބަނޑު އަންހެނުންނާއި ދަރިންނަށް ކިރުދޭ މައިން ކަމަށް އެ ފަރާތުން ބުނެފައި ވެއެވެ.

ޔުނިސެފްގެ އެގްޒެކެޓިވް ޑައިރެކްޓަރު ހެންރިއެޓާ ފޯރޭ ވިދާޅުވީ އެޗްއައިވީ އެޕިޑެމިކް ދުނިޔެއަށް ފާޅުވި ފަހުން ބަނޑުހައިހޫނުކަމާއި ނަފްސާނީ ބަލިމަޑުކަން އަދި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ އިތުރުވެގެން ދިއުމުގެ ސަބަބުން މި ބަލި ކޮންޓްރޯލްކުރަން ދަތިވެފައިވާ ކަމަށެވެ.

ޔުނިސެފުން ނެރެފައިވާ ރިޕޯޓެއްގައިވާ ފާހަގަ ކޮށްފައިވާ ގޮތުގައި 2020 ވަނަ އަހަރު އެކަނިވެސް 310،000 ކުއްޖަކަށް އެޗްއައިވީ ޖެހިފައި ވެއެވެ. މިއީ ކޮންމެ މިނިޓަކަށް ދެ ކުއްޖެއްގެ ރޭޓެވެ. އަދި އިތުރު 120،000 ކުދިން އެއިޑްސް އާއި ގުޅިފައިވާ ބަލިތަކުގައި މިދިޔަ އަހަރު މަރުވެފައިވާކަން ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. މިއީ ކޮންމެ ފަސް މިނިޓަކަށް ކުއްޖެއްގެ ނިސްބަތެވެ.

ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކޮވިޑް-19ގެ ސަބަބުން ގައުމުތައް ލޮކްޑައުން ކުރުމާއި އަދި ކޮވިޑް ބަލިން ރައްކާތެރިވާނެ ގޮތްތައް ހޯދުމުގައި ގައުމުތައް އަވަދިނެތި އުޅެމުން ދަނިކޮށް އެޗްއައިވީ ޖެހޭ މީހުން އިތުރުވާން މެދުވެރި ވީއެވެ.