ނައިޓް މާކެޓް

އިތުރު ނައިޓް މާކެޓެއް މިމަހު 14 ގައި

Dec 2, 2021

ސަޕްލައި އެމްވީގެ ފަރާތުން ބާއްވާ ނައިޓް މާކެޓް މި މަހު 14 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

މިއީ ސަޕްލައި އެމްވީގެ ފަރާތުން ބާއްވާ ފަސް ވަނަ ނައިޓް މާކެޓެވެ. މި މަހުގެ 14 އިން 24 އަށް ކުރިއަށް ގެންދާ ނައިޓް މާކެޓް ބާއްވަން ނިންމާފައި ވަނީ ހުޅުމާލެ ރުށް ގަނޑުގަ އެވެ.

މި ނައިޓް މާކެޓުން ކާބޯ ތަކެއްޗާއި އަންނައުނާއި ބަދިގޭ ސާމާނުގެ އިތުރުން އެހެން ގިނަ ބާވަތްތަކުގެ ތަކެތި ވިއްކާނެ އިރު އެވެ. ހޯލް ސޭލްކޮށް ވިޔަފާރި ކުރުމުގެ އިންތިޒާމެއް ވެސް ހަމަޖައްސާފައި ވެއެވެ.

މި ނައިޓް މާކެޓްގައި 190 ފަރާތެއް ބައިވެރިވެ އެވެ. މި މާކެޓްގައި 6500 ރުފިޔާއަށް ދޭ ސްޓޯލާއި 7500 ރުފިޔާއަށް ދޭ ސްޓޯލް ހިމެނެ އެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ސަޕްލައި އެމްވީގެ ނައިޓް މާކެޓް ބޭއްވީ އޮންލައިން ކޮށެވެ.