ނައިޓް މާކެޓް

ރޯދަމަހާ ދިމާކޮށް މާލޭގައި ނައިޓް މާކެޓެއް

އަންނަ ރަމަޟާން މަހާއި ދިމާކޮށް ނައިޓް މާކެޓެއް ބާއްވަން މާލޭ ސިޓީ ކައުންސިލްއިން ނިންމައިފި އެވެ.

މިއީ ރޯދައާ ގުޅިގެން އާންމުންނަށް ހެޔޮއަގުގައި ރޯދައަށް ބޭނުންވާ ސާމާނު ހޯދައިދިނުމުގެ ގޮތުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ގޮތުން ބާއްވާ ނައިޓް މާކެޓެއް ކަަމަށް މާލޭ ސިޓީ ކައުންސިލްއިން ބުނެއެވެ.

"މާލެ ސިޓީ ކައުންސިލް ނައިޓް މާރކެޓް" ގެ ނަމުގައި ބާއްވާ އެ ނައިޓް މާކެޓް ބާއްވާނެ ތާރީހެއް އަދި ތަނެއް ވެސް ސިޓީ ކައުންސިލްއިން ހާމައެއް ނުކުރެ އެވެ.

މި ނައިޓް މާކެޓް ރާވާ، ހިންގައިދޭނެ، މިކަމުގައި ތަޖުރިބާ ހުރި ފަރާތެއް ހޯދަން ކައުންސިލްއިން އޮތީ އިއުލާންވެސް ކޮށްފަ އެވެ.

ރޯދަ މަހާ ދިމާކޮށް މާލޭ ސިޓީ ކައުންސިލްއިން ވަނީ ލޯކަލް މާރުކޭޓެއް ވެސް ހަދަން ނިންމައިފަ އެވެ. އަދި އެ ތަން ހެދުމަށް ބޭނުންވާ ޓެންޓް ޖަހައި ދޭނެ ބަޔަކު ހޯދަން އޮތީ އިއުލާން ވެސް ކޮށްފަ އެވެ.