އެއްވެ އުޅޭ ހަރަކާތްތަށް މާލޭ ސިޓީގައި ހިންގުން މުއްދަތެއް ނެތް ގޮތަށް ހުއްޓާލަން އަންގައިފި އެވެ.
މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް، މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދުނިޔޭގައި ހަލުއި ކަމާއެކު ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުން ދާތީ، ފެއާ އާއި ނައިޓްމާކެޓާއި މަގުމަތީ ބާޒާރު އަދި މާލެ ސިޓީގެ ޕާކުތަކުގަ އާއި އެ ނޫން ވެސް މީހުން އެއްވެ އުޅޭ ހަރަކާތްތައް މާލޭ ސިޓީގައި މިދުވަސްވަރު ބޭއްވުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
އެހެން ކަމުން މީހުން އެއްވެ އުޅޭ އެފަދަ ހަރަކާތްތައް މާލޭ ސިޓީގައި ބޭއްވުން ވަކި ތާރީހެއް ނެތް ގޮތަށް ފަސް ކޮށްފައިވާ ކަމަށެވެ.
ކައުންސިލުގެ އިދާރާއިން އެހެން ބުނެފައިވާއިރު ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން ބާއްވަން ނިންމާފައިވާ ނައިޓްމާކެޓުން މޭޒު ގަނެފައިވާ ގިނަ ފަރާތްތަކުން ވަނީ އެ ބާޒާރަށް ބޭނުންވާ މޫދާ ހޯދާ އެކަމަށް ތައްޔާރުވާން ފަށާފަ އެވެ.
ކޮރޯނާ ވައިރަހަށް ރާއްޖެއިން މިހާރު އަށް މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.