ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސިޓީ

މާލެ ނާދެވިފައި ތިބި މީހުން އަންގަން އެދެފި

މާލެ ސިޓީ ލޮކްޑައުންވުމުގެ ސަބަބުން މާލެ ނާދެވި ރަށްތަކުގައި ތިބި މީހުންގެ މައުލޫމާތު މާލެ ސިޓީ ކައުންސިލާ ހިއްސާ ކުރުމަށް އެދިއްޖެ އެވެ.

އެ ކައުންސިލުން މިއަދު ބުނީ މާލެ ސިޓީގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން އެކި ބޭނުންތަކަށް އަތޮޅުތެރޭގެ ރަށްތަކަށް ދިޔަ މީހުންގެ ތެރެއިން މާލެ ސިޓީ ލޮކްޑައުން ކޮށްފައިވާތީ މާލެ ނާދެވިފައިތިބި މީހުންގެ މައުލޫމާތު ހޯދަމުންދާ ކަމަަށެވެ.

އެހެން ކަމުން އެފަދަ މީހުން މެއި މަހުގެ ތިން ވަނަ ދުވަހުގެ ކުރިން އެކަން ސިޓީ ކައުންސިލަށް އެންގުމަށް ވަނީ އެދިފައެވެ. މައުލޫމާތު ހިއްސާ ކުރުމަށް 9955788 ނަންބަރަށް މެސެޖް ކުރުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

އެ މެސެޖްގައި ފުރިހަމަ ނަން، އައިޑީ ނަންބަރު، ދާއިމީ އެޑްރެސް، އަތޮޅާއި ރަށް، މިހާރު އުޅޭ އެޑްރެސް، މޮބައިލް ނަންބަރު، މާލެއިން ފުރި ތާރީހު، ދަތުރުކުރަން ބޭނުންވާ ސަބަބު އަދި އީ-މެއިލް އެޑްރެސް ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

މިދިޔަ މަހުގެ 15 ވަަނަ ދުވަހު މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑްްގެ ބަލި މީހަކު ފެނުމާއި ގުޅިގެން މިއަދާ ހަމައަށް މާލެ އޮތީ ލޮކްޑައުން ކޮށްފައެވެ. އަދި އެ މުއްދަތު މިއަދަށް ހަމަވާތީ އިތުރު 14 ދުވަހަށް އެ މުއްދަތު އިއްޔެ ވަނީ އިތުރުކޮށްފައެވެ.

މި ހާލަތުގައި މާލެ އެރެނީ އެޗްޕީއޭއާއި ފުލުހުން ހުއްދަ ދޭ ބަޔަކަށް އެކަންޏެވެ.