ކޮވިޑް-19 އިގެ މަރުތައް

ތުރާކުނުން ކޮވިޑް މަރެއް، މިއަދުގެ ދެވަނަ މަރު

ކޮވިޑް-19 ބަލީގައި އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 8:28 ގައި މަރުވެފައިވަނީ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މަރަކީ އުތުރުގެ ތުރާކުނުން ރިޕޯޓްކުރި މަރެވެ.

މިއީ ރާއްޖޭގެ 253 ވަނަ ކޮވިޑް މަރެވެ.

އޭގެ ކުރީން މިއަދު ހެނދުނު 7:10 ގައިވެސް ކޮވިޑްގައި މީހަކު މަރުވިއެވެ. އެއީވެސް ދޮށީ އުމުރުގެ ދިވެއްސެކެވެ.

ދ. ކުޑަހުވަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން އައި އެ މީހަކީ އުމުރުން 93 އަހަރުގެ ފިރިހެނެކެވެ.