ސަަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކަށް ބޭރު މީހުން އައްޔަން ކުރަމުން ގެންދަނީ އެ ކުންފުނިތައް ވިއްކާލުމަށް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތު ކުރައްވައިފި އެވެ. އެމަނިކުފާނުގެ މި ތުހުމަތުތައް ސަރުކާރަށް އަމާޒުކުރެވީ ރޭ އޮތް ޕީޕީއެމް ޕީއެންސީގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ދޮޅުގަޑިއެއްހާ އިރަށް ދެމިގެންދިޔަ ތަގުރީރުގައި ރައީސް ޔާމީން ވަނީ ދިވެހި ކުންފުނިތަކުގެ އިސް މަގާމުތަކަށް ބިދޭސީން އައްޔަން ކުރަމުން ގެންދާތީ ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަން ސަރުކާރުން ކުރަމުން ގެންދަނީ ހީލަތްތެރި ރޭވުމެއްގެ ތެރެއިންނެވެ. އަދި އެއީ ގާބިލު ދިވެހީން ނެތިގެން ކުރައްވާ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ "ބިދޭސީން ކުންފުނިތަކާ ދޯޅުކުރަނީ" އެ ކުންފުނިތަކަށް ވިއްކާލުމުގެ ވިސްނުން ސަރުކާރުގައި އޮތުމުންނެވެ.
"މިހާރު އަޅުގަނޑުމެންގެ ގައުމުގައި ކުންފުންޏެއް ނެތް އެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަން ދިވެއްސަކަށް ކުރެވޭ. އެއާޕޯޓް ކުންފުންޏަށްވިޔަސް އެހެން ކުންފުންޏަކަށްވިޔަސް ނުކުރެވޭ. އެކަމަކު ގަބޫލުނުކުރައްވާތި އެއީ އަޅުގަނޑުމެންގެ ތެރޭގައި ގާބިލު މީހުން ނެތިގެންނޭ. ކީއްކުރަންތޯ އެ އެކަން ގަބޫލުކުރަންވީއެއް. ގާބިލު މީހުން ނެތިގެނެއް ނޫން އެއީއެއް. އެ ތައްޔާރުވަނީ މި އަހަރުގެ ބަޖެޓްގައި ޖަހާފައި އޮތް 13 ކުންފުނި ވިއްކާލަން. އެހެންވީމަ ބޭރު މީހުން ކުންފުނިތަކާއި ދޯޅުކުރަނީ. އަޅުގަނޑު ހިތަށް އަރާ ކޮން ދުވަހަކުން ބާވައޭ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށްވެސް ބޭރު މީހަކަށް ދައުވަތު ދެެއްވާނީ ކޮންޓްރެކްޓް އުސޫލުން،" ރައީސް ޔާމީން ވިދާޅުވިއެވެ.
މިހާރު އަޅުގަނޑުމެންގެ ގައުމުގައި ކުންފުންޏެއް ނެތް އެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަން ދިވެއްސަކަށް ކުރެވޭ. އެއާޕޯޓް ކުންފުންޏަށްވިޔަސް އެހެން ކުންފުންޏަކަށްވިޔަސް ނުކުރެވޭ. އެކަމަކު ގަބޫލުނުކުރައްވާތި އެއީ އަޅުގަނޑުމެންގެ ތެރޭގައި ގާބިލު މީހުން ނެތިގެންނޭ. ކީއްކުރަންތޯ އެ އެކަން ގަބޫލުކުރަންވީއެއް. ގާބިލު މީހުން ނެތިގެނެއް ނޫން އެއީއެއް. އެ ތައްޔާރުވަނީ މި އަހަރުގެ ބަޖެޓްގައި ޖަހާފައި އޮތް 13 ކުންފުނި ވިއްކާލަން. އެހެންވީމަ ބޭރު މީހުން ކުންފުނިތަކާއި ދޯޅުކުރަނީ. އަޅުގަނޑު ހިތަށް އަރާ ކޮން ދުވަހަކުން ބާވައޭ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށްވެސް ބޭރު މީހަކަށް ދައުވަތު ދެެއްވާނީ ކޮންޓްރެކްޓް އުސޫލުއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އުފެދުނު ކޮންމެ ބަތަލެއް ގައުމީ ޖިހާދަށް ނިކުންނެވިއިރު އެއިން ކޮންމެ ބޭފުޅަކީވެސް ނޫކަށިފުރައިގެ ޒުވާނެއް ކަމަށެވެ. ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން އަދި ހުސައިން އާދަމްގެ މިސާލުން ޔާމީން ވަނީ މިސާލު ދައްކަވާފައެވެ.
އަދި ރައީސް އަމީން އާއި ރައީސް ނާސިރުވެސް ގައުމީ ޖިހާދަށް ނިކުންނެވީ ވަރަށް ޒުވާން އުމުރުފުޅެއްގައި ކަމަށް ވިދާޅުވިއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ނުރައްކާތެރި އުނދަގޫ ވަގުތުގައި ރައީސް އަމީން ގައުމީ ހިދުމަތަށް ނިކުންނެވީ އުމުރުފުޅުން އެންމެ 22 އަހަރުގައި ކަމަށް ވިދާޅުވިއެވެ. އަދި ރައީސް އިބްރާހިމް ނާސިރު ދިވެހީންނަށް ސިޔާސީ މިނިވަންކަން ގެނެސްދެއްވިއިރު އެއީ ޒުވާން ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ބޮޑުވަޒީރު ކަަމަށް އެމަނިކުފާނު ވަޑައިގެންނެވީ 31 އަހަރުގައި ކަމަށް ވިދާޅުވިއެވެ.
"އެހެންވީމަ ދިވެހީންނަށް ނުވާނެ ކަމަށް ބުނެ އެ ދައްކަނީ ކޮން ކަހަލަ ވާހަކައެއްތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.