އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައިފި އެވެ.
އޭސީސީގެ މެންބަރު ކަމަށް ހުޅުވާލާފައިވަނީ ކުރީން ކޮމިޝަންގައި ހުންނެވި މެމްބަރު އަލީ އަޝްރަފް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެެވެ.
ރައީސް އޮފީހުން ދެންމެ ބުނީ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރާއި ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި ފޯމުތަކާއި އިގުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 15 އަދި 16 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.