އައްޑު އަތޮޅު ހިތަދޫ ޕޮލިސްޓޭޝަންގެ ބަންދުގައި ހުރި މީހަކު ދެ ފުލުހެއްގެ ލޮލަށް ބްލީޗު ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ހަވީރު ހިތަދޫ ޕޮލިސް ސްޓޭޝަންގައި ބަންދު ކޮށްފައި ހުރި މީހަކު ދެ ފުލުހެއްގެ ލޮލަށް ބްލީޗު ޖަހާފައިވާ ކަމަށެވެ. އަދި އެ ދެ ފުލުހުންނަށް މިހާރު އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުުހުން ނުބުނެ އެވެ. އަދި ފަރުވާ ދެމުން އަންނަ ފުލުސް ދެ މީހުންގެ ހާލު ހޮސްޕިޓަލުން ސާފުވާ ގޮތެއް ވެސް ނުވި އެވެ.