ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި އޭނާގެ އަނބިމީހާ ހެއިލީ ބީބާ ރާއްޖެ އަތުވެއްޖެ އެވެ.
ނ. އަތޮޅުގައި ހިންގަމުންދާ ސޮނެވާ ޖާނީގައި ޗުއްޓީ ހޭދަ ކުރުމަށް މި ދެމަފިރިން ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
މީގެ ކުރިން ވެސް ރާއްޖެ އައިސްފައިވާ ޖަސްޓިންގެ ޕްރައިވެޓް ޖެޓް ޖެއްސީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ކަމަށް އެނގިފައިވެ އެވެ.
ޖަސްޓިން ޗުއްޓީ ހޭދަކުރަމުންދާ ސޮނެވާ ޖާނީއަކީ ރާއްޖޭގައި ހިންގާ އެންމެ އަގު ބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އެ ބްރޭންޑްގެ ދެވަނަ ރިސޯޓު ހިންގަނީ ބ. އަތޮޅުގައި ސޮނެވާފުށީގެ ނަމުގަ އެވެ.
ޖަސްޓިން ރާއްޖެ އައީ ސައުދި އަރަބިއްޔާގައި އޮތް އެފްވަން ކާރު ރޭސް ފެށުމުގެ ރަސްމިއްޔާތުގައި ލަވަ ކިޔުމަށްފަހު އެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހަކީ ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ހާއްސަކޮށް ދުނިޔޭގެ އެންމެ މަޝްހޫރު ފަންނާނުންނާއި އެތުލީޓުން ރާއްޖެ އަންނަ ދުވަސްވަރެވެ.