އިންޑިއާ

އިންޑިއާގެ ޑިފެންސް ޗީފް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓިއްޖެ

Dec 8, 2021

އިންޑިއާގެ ޑިފެންސް ޗީފް ބައިޕިން ރަވަތު ދަތުރު ކުރެއްވި ހެލިކަޕްޓަރު ވެއްޓިއްޖެ އެވެ.

އިންޑިއާގެ ހަބަރުފަތުރާ އިދާރާތަކުން ބުނި ގޮތުން ހެލްކޮޕްޓަރު ވެއްޓުނުއިރު އޭގައި 14 މީހުން ތިއްބެވެ. ބައެއް މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށްވެސް ބުނެއެވެ. އޭގެ ތެރޭގައި މަރުވެފައިވާ ހަތަރު މީހެއްގެ ހަށިގަނޑު ފެނިފައިވެއެވެ. ފެނުނު ބައެއް މީހުންގެ ހަށިތައް ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.

އިންޑިއާގެ ޑިފެންސް ޗީފް ބައިޕިން ރަވަތުގެ ހާލުކޮޅާ ގުޅޭގޮތުން މީޑިއާތަކުން ބުނީ ހާލުކޮޅު ސީރިއަސް ކަމަށެވެ. ހެލްކޮޕްޓަރުން ދަތުރުކުރި މީހުންގެ ތެރޭގައި ބައިޕިން ރަވަތުގެ އަނބިކަނބަލުންވެސް ހިމެނެ އެވެ.

ހެލްކޮޕްޓަރު ވެއްޓުނު ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަން ކަމާގުޅޭ އިދާރާތަކަށް ވަނީ އަމުރުކޮށްފައެވެ.