ލައިފްސްޓައިލް

އުފަން ދުވަސް ފާހަގަ ކުރަނިކޮށް އިސްތަށިގަނޑުގައި ރޯވެއްޖެ

އެމެރިކާގެ ޔޫޓާގައި ދިރިއުޅޭ އަންހެނެއްގެ އުފަން ދުވަސް ހީނުކުރާ ކަހަލަ ބޮޑު ހިތާމައަކަށް ބަދަލުވެއްޖެ އެވެ. އުފަން ދުވަހުގެ ކޭކުގައި ޖަހާފައިވާ އުއްބައްތިތަކަށް ފުމެނިކޮށް އިސްތަށިގަނޑުގައި ރޯވުމުންނެވެ.

އަނާ އޫސްޓާހައުސް، 34، އާއި ދަރިފުޅު ހަންޓާގެ އުފަން ދުވަސް އެ ދުވަހު ފާހަގަ ކުރީ އެކުގަ އެވެ. އަދި އުފަން ދުވަހުގެ ޕާޓީއަށް އާއިލާގެ މީހުންނާއި އެކުވެރިންގެ ތެރެއިން ގިނަ ބަޔަކު އައިސް ތިއްބެވެ. ނަމަވެސް އެ އެންމެންގެ އުފާވެރިކަން ކުއްލިއަކަށް ބޮޑު ބިރުވެރިކަމަކަށް ބަދަލުވީ އުއްބައްތި ތަކަށް ފުމެލަން ކޭކާ ދިމާލަށް ގުދުވިތަނާ އަނާގެ އިސްތަށިގަނޑުގައި ރޯވުމުންނެވެ.

އަނާ ބުނި ގޮތުގައި އިސްތަށިގަނޑުގައި ރޯވިޔަސް އޭނާ ކޭކަށް ގެއްލުމެއް ވިޔަކަނުދިނެވެ. އަދި އެތާ ތިބި އާއިލާގެ މީހުން އައިސް ވަގުތުން އަލިފާން ނިއްވާލި ކަމަށެވެ.

އަލިފާން ރޯވުމުގެ ސަބަބުން އަނާގެ އިސްތަށިގަނޑުގެ ބޮޑު ބައެއް ވަނީ އަނދާފަ އެވެ. އަދި މޫނާއި ގައިގެ އެތަން މިތަން ވެސް ވަނީ ފިހިފަ އެވެ.

އަނާ ބުނީ އޭނާގެ ކޭކު ފުރެންދެން މިފަހަރު އުއްބައްތި ރޯކޮށްފައި ހުއްޓަސް ދެން ފަހަރަކުން އެހާ ގިނަ އުއްބައްތި ކޭކުގައި ނުޖަހާނެ ކަމަށެވެ.