ދުނިޔެ

ދުނިޔޭގައި އޮތީ އެންމެ ޗައިނާއެއް: ނިކަރާގުއާ

ޓައިވާނަކީ ވަކި ދައުލެއް ގޮތުގައި ބަލައިގަތުމެއް ނެތް ކަމަށް ނިކަރާގުއާ އިން ބުނެފި އެވެ. ނިކަރާގުއާއިން ބުނީ ޓައިވާނާއެކު ޑިޕްލޮމެޓިކް ގުޅުން ބާއްވާނީ ވަން ޗައިނާ ޕޮލިސީއާ އެއްގޮތަށް ކަމަށެވެ.

ނިކަރާގުއާގެ ފޮރިން މިނިސްޓަރު ޑެނިސް މޮންކަޑާ ވިދާޅުވި ގޮތުގައި ދުނިޔޭގައި ވެސް އޮތީ އެންމެ ޗައިނާއެކެވެ. އޭނާ ވިދާޅުވި ގޮތުގައި ޗައިނާއަށް ނިސްބަތްވާ ކޮންމެ ތަނެއްގައި ހިނގާނީ ޗައިނާގެ ސިޔާސަތު ކަމަށް ނިކަރާގުއާ ބަރާބަރަށް ގަބޫލުކުރާނެ އެވެ.

ޑެނިސް މޮންކަޑާ ވިދާޅުވި ގޮތުގައި ޓައިވާންއަކީ ޗައިނާގެ ބައެއް ގޮތުގައި ވަން ޗައިނާ ޕޮލިސީގައި އޮވެ އެވެ. އޭނާ ވިދާޅުވީ ނިކަރާގުއާ ބަލައިގަންނާނީ އެ އުސޫލު ކަމަށެވެ. އަދި ޓައިވާންގައި ހިނގާނީ ޗައިނާގެ ސިޔާތު ކަމަށެވެ.

ނިކަރާގުއާއިން ޓައިވާނާއެކު އޮންނަ ގުޅުމުގައި ޗައިނާއަށް ސިއްރު އެއްވެސް ކަމެއް ނުބާއްވާނެ ކަމަށް ވެސް އެގައުމުން ބުނެ އެވެ. އަދި ސިޔާސަތު ކަނޑައެޅުމުގައި ލިއެކިޔުންތައް ބަދަލުވެގެންދާނީ ޗައިނާއަށް އެނގޭ ގޮތަށް ކަމަށް ވެސް ބުނެ އެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވާ ޗަނިންގް ޓްވީޓާގައި ވިދާޅުވެފައިވާ ގޮތުގައި ޗައިނާއާ ނިކަރާގުއާ ދެމެދު މަޝްވަރާތަކެއް ހިނގަމުން އެބަދެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެގައުމުގެ ދެމެދުގައި ހިނގާ މަޝްވަރާ ތަކަކީ ސަރުކާރުގެ ފެންވަރުގައި ހިނގާ މަޝްވަރާތަކެކެވެ.

ނިކަރާގުއާގެ ނިންމުމާ މެދު ހިތާމަކުރާ ކަމަށް ޓައިވާންގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ނިކަރާގުއާގެ ގާތް އެކުވެރިއެއް ގޮތުގައި ޓައިވާން ދެމިއޮތްކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ޗައިނާ ބުނާ ގޮތުގައި ޓައިވާން އަކީ ޗައިނާގެ ޕްރޮވިންސެކެވެ. އަދި ކޮންމެވެސް ދުވަހަކުން ޗައިނާގެ މުށުތެރެއަށް ޓައިވާން ލާނެ އެވެ. ޗައިނާއިން ބުނާ ގޮތުން އެކަންކުރަން ބޭނުންވަނީ އެއްވެސް ވަރަކަށް ލޭއޮހޮރުވުމެއް ނެތި އެވެ.

ޓައިވާން އަކީ ވަން ޗައިނާ ޕޮލިސީގެ ދަށުން ޗައިނާ މައިސަރުކާރުގެ ދަށުގައި އޮންނަން ޖެހޭ ސަރަހައްދެއް ކަމަށް ޗައިނާއިން ބުނެ އެވެ. އެހެން ނަމަވެސް ވަކި ސަރުކާރަކުން ޓައިވާން ބަލަހައްޓައި މުހުތާދުތައް ފުއްދުން އެންމެ ރަނގަޅު ކަމަށް ވެސް ޗައިނާ ބުނެ އެވެ.