ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖަމީލުގެ ހޫނު ސުވާލުތަކެއް ރައީސް ސޯލިހަށް

ކުރީގެ ނާއިބު ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް: ރައީސް ސޯލިހަށް ގިނަ ސުވާލުތަކެއް އަމާޒު ކުރެއްވި --
75%
12.5%
12.5%

ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި ޖަވާބުދާރީވުން އިތުރުކުރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު، ރައީސް ސޯލިހަށް ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވައިފި އެވެ.

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން، ހުދުމުހުތާރުވެރިކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް އަމާޒުކޮށް ކުރިޔަށްގެންދެވި "ސަމިޓް ފޯ ޑިމޮކްރަސީ" ގައި ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށާއި ހުދުމުހުތާރުވެރިން ހުއްޓުވުމަށާއި އިންސާނީ ހައްގުތައް ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި ޖަވާބުދާރީވުން އިތުރުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ވާހަކަފުޅަށް އިޝާރާތް ކުރައްވާ ޖަމީލް ވަނީ ރައީސް ސޯލިހުގެ ކޮރަޕްޝަންގެ ސިޔާސަތުގައި ވަޒީރުން އަދި ޕާޓީގެ ބޮޑުންނަށް ވަކި އުސޫލެއް އޮންނަނީތޯ ސުވާލު ކުރައްވާފައެވެ. އަދި އެހެން އެންމެނަށް ޒީރޯ ޓޮލަރެންސްތޯ ސުވާލު ކުރެއްވިއެވެ. ޖަމީލު އެ އިޝާރާތް ކުރައްވަނީ ހިޔާނާތުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަދިވެސް މަގާމުގައި ހުންނެވި ހުންނެވުމަށެވެ. ސަރުކާރުން ފުރަތަމަ ވަނީ ހިޔާނާތުގެ ދައުވާއެއް ސަރުކާރުގެ ވެރިއަކަށް ކުރެެވިއްޖެނަމަ އެ މައްސަލައެއް ކޯޓަށް ފޮނުވާ ހިސާބުން އެ ބޭފުޅަކު ވަކިކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަހުލޫފުގެ މައްސަލަ ކޯޓަށް ފޮނުވުމުން އެ މައްސަލާގައި ވާހަކަ ދައްކަވަންވެސް ސަރުކާރުން ބޭނުން ނުވިއެވެ.

"ކަނޑައެޅިގެން ފެންނަންހުރި ކަންކަމުގައި އިތުރުފުޅު ހައްދަވަނީ ވާނުވާ ނޭނގޭތީތޯ ނޫނީ ރައީސް ވީމާ އެއްޗެއް ވިދާޅުވަނީތޯ،" ޖަމީލު އިތުރަށް ސުވާލު ކުރެއްވިއެވެ.

ކޮރަޕްޝަންގެ އަމަލުތަކަށް ސަރުކާރުން ދޭނީ ޒީރޯ ޓޮލަރެންސް ކަމަށް ރައީސް ސޯލިހް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް އެމަނިކުފާނުގެ އެ ވިދާޅުވުމާއި ސަރުކާރުގެ އަމަލާ ދިމާވޭތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުހައްމަދު . ރަޝީދު . ކޮއްތަރު ރަޝީދު

ޖަމީލުގެ ހޫނު ---

ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ.

މަޙްލޫފު ހުރީ ނާއިބު ރައީސް ފައިސަލް ނަސީމް ގެ ކޮއްކޮ، ނަޒްރާ ނަސީމް އާއި އިނދެގެން. ނަޒްރާ ނަސީމް އަކީ ފައިސަލް ނަސީމް ގެ ކޮއްކޮ ގެ އިތުރުން ފައިސަލް ނަސީމް ގެ ޕާރސަނަލް ސެކްރެޓަރީ. ދަޢުލަތު ގެ ސިއްރުތައް އެއްބަޑު އެއްބަފާ ކޮއްކޮ އާއި ޙިއްސާ ކުރުމަކީ ރަނގަޅުކަމެއް ނޫން. "މޯރަލް ރެސްޕޯންސިބިލިޓީ" އޭކިޔާ އެއްޗެއް ފައިސަލް ނަސީމް ކިޔަވާފަ ހުރިނަމަ އިނގެން ޖެހޭނެ. މަޙްލޫފު ވަކި ނުކޮއްފިނަމަ، ފައިސަލް ނަސީމް ބާރުގެ ބޭނުން ހިފީކަމަށް ބެލެވޭނެ!

އިތުރަށްބުނާނަމަ

ހާދަ ވަރެއްގެ ހެކި މަޙްލޫފާއި ދޭތެރޭ ހުރީމައޭ ޕީ.ޖީ ޝަމީމު ކައިރިން މަޙްލޫފަށް އުންސުރު ނުވަތަ ހެކި ހަމަވާނީ. އަމީނު ގެ މައްސަލަ ވެސް 3 ފަހަރަށް ޝަމީމު ފޮނުވާލި. މި ދަރަޖައަށް މަޙްލޫފަށް ޝައްކު ކުރެވުނީމާ ވެސް އިބޫ ގެ އިތުބާރު އެބައޮތް. ޙައިރާން ވާވަރު ކަމެއްނު. ރާއްޖޭގެ ކޯޓު ތަކުން ޝަރިއްޔަތް ކުރާގޮތް އިނގޭ ހުރިހާ ރައްޔިތުންނަށް ވެސް. ވީމާ ކޯޓުން މަޙްލޫފު ސަލާމަތް ވެދާނެ. އެކަމަކު ރައްޔިތުން ކިޔާނީ ކީކޭ؟ ރައްޔިތުން އިތުބާރެއް ނުކުރާނެ. ދުނިޔޭގެ %99 ޤައުމުތަކުގައި މިދަރަޖައަށް މިނިސްޓަރަކާއި މެދު އިތުބާރު ގެއްލުނީމާ އެ މިނިސްޓަރަކު އެކަހެރިވާން ރައީސްމީހާ އަންގާނެ!

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910