ދިވެހި ފުލުހުންގެ ހިދުމަތުން ޑްރަގްގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.
މައްޗަށްގޮޅީގައި ހިންގަމުންދާ އޮޕަރޭޝަންގައި ވަރަށް ގިނަ އަދަދެއްގެ ޑްރަގްސް ވަނީ އަތުލައިގެންފައެވެ. ނަމަވެސް އޮޕަރޭޝަންގެ ތަފްސީލެއް އަދި އަތުލައިގަނެވުނު ތަކެތީގެ މައުލޫމާތެއްވެސް ފުލުހުން ނުދެއެވެ.
ފުލުހުން ވަނީ ވަރަށް ބޮޑު ސަރަހައްދެއް ބަންދުކޮށްފައެވެ. އަދި ޓެކްސީއެއް އެ ސަރަހައްދުގައި ހުއްޓުވާފައި އެބައޮތެވެ.