ރައީސް އޮފީސް

މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި

Dec 13, 2021

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިންތިޒާމު ކުރާ މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި އެވެ.

ހުޅުމާލެ ސެންޓަރަލް ޕާކުގައި މިއަހަރުގެ އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.

ކަނޑުދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ މި އެކްސްޕޯގައި ދާއިރާގެ ގިނަ ބާވަތްތަކެއް ދައްކާލާފައިވެ އެވެ. ދާއިރާއާއި ގުޅުންހުރި މުދަލާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ވެސް ޒިޔާރާތް ކުރާ މީހުންނާ ހިއްސާކުރެ އެވެ.

މި އެކްސްޕޯގައި ބައިވެރިވި ބައެއް ކުންފުނިތަކުން ވަނީ އެ ކުންފުނިތަކުން އަލަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ބައެއް ތަކެތި ވެސް ދައްކާލައި އެ ތަކެއްޗާއި ބޭހޭގޮތުން މައުލޫމާތު ދީފަ އެެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް މިއަދު ވަނީ މި އެކްސްޕޯ އަށް ޒިޔާރަތްކުރައްވާ ސްޓޯލްތައް ބައްލަވާލައްވާފަ އެވެ. މި އެކްސްޕޯގައި ރައީސް ސޯލިހް ވަނީ "ލައިފް ޖެކެޓް ވެއާ އިޓް" ނަމުގައި ކުރިއަށް ގެންދާ އެވެއަނެސް ކެމްޕޭނެއް އިފްތިތާހުކޮށްދެއްވާފަ އެވެ.