ގަތަރު އެއާވޭސް

ފިނި މޫސުމަށް ގަތަރު އެއާވޭސްގެ ފްލައިޓް އިތުރުކޮށްފި

Dec 14, 2021

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ގެންނަ އެއް އެއާލައިން ކަމަށްވާ ގަތަރު އެއާވޭސް އިން ފިނި މޫސުމާ ދިމާކޮށް ބައެއް މަންޒިލްތަކަށް ދަތުރުތަށް އިތުރުކޮށްފި އެވެ.

ގަތަރު އެއާވޭސް އިން ބުނީ ހަންމާދު އިންޓަނޭޝަނަލް އެއާޕޯޓް (އެޗްއައިއޭ) މައި ހަބެއްގެ ގޮތުގައި ބޭނުންކުރާ ގޮތަށް، އިތުރު ކޮށްފައިވާ މި ފްލައިޓްތަކުގެ ސަބަބުން އެކި ގައުމުތަކަށް ދާ މީހުންނަށް ލުއި ފަސޭހަ ވެގެން ދާނެ ކަމަށެވެ. މި އެއާލައިނުން ވަނީ އިތުރު 18 މަންޒިލަކަށް ބާއްވާ ދަތުރުތައް އިތުރު ކޮށްފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގިނަ އަދަދެއްގެ މީހުން އުފުލައިދޭ އެއާލައިނުން ޔޫކްރެއިނަށް ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ. އަދި ތަޒަކިސްތާނާއި އުޒްބެކިސްތާނަށް އަންނަ މަހު ހަފުތާއަކު ތިން ފްލައިޓް ފަށާނެ އެވެ. މީގެ އިތުރުން ގަތަރު އެއާވޭސް އިން ވަނީ މިދިޔަ މަހު ކަޒަކިސްތާނުގެ އަލްމަޓީ އަށް ސީދާ އުދުހުންތަށް ވެސް ފަށާފަ އެވެ.

ކޮވިޑް-19 އަށްފަހު އަލުން ބޯޑަރު ހުޅުވުމާއެކު ރާއްޖެއަށް އެންމެ ފުރަތަމަ ޖެއްސި އެއާލައިނަކީ ވެސް ގަތަރު އެއާވޭސް އެވެ. އަދި އަލަށް ފްލައިޓް އިތުރު ކުރި މަންޒިލްތަކާ އެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރު ވެގެންދާނެ އެވެ.