ވިލާ ގްރޫޕް

ރާއްޖޭގެ ފުރަތަމަ މެރިން ބެޓެރި ބްރޭންޑް ވިލާ ހަކަތައިން

ރާއްޖޭގެ ފުރަތަަމަ މެރިން ބެޓެރި ބްރޭންޑު ވިލާ ހަކަތަ އިން ލޯންޗުކޮށްފި އެވެ.

ހުޅުމާލޭގައި ކުރިއަށްދާ މެރިން އެކްސްޕޯގައި "ވިލާ ފިއުޝަން"ގެ ނަމުގައި ނެރުނު މި އެސިޑް ބެޓެރި އަކީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ އޮޑި ދޯނިފަހަރާއި ލޯންޗުތަކުގައި ބޭނުންކުރެވޭނެ އެއްޗެކެވެ.

މި ބެޓެރީގެ ހަތަރު ރޭންޖެއް ހިމެނެ އެވެ. މީގެ ތެރޭގައި 100، 120، 150 އަދި 200 އެމްޕަޔަރުގެ ބެޓެރިވެސް ހިމެނެ އެވެ.

ވިލާ ހަކަތައިގެ ސޭލްސް މެނޭޖަރު އަލީ ނާޝިދު ވިދާޅުވީ ވިލާގެ ބެޓެރި މިހާރު ރާއްޖޭގެ މާކެޓްތަކުގައި ބޭނުންކުރާ ބެޓެރިތަކަށް ވުރެ "އެފިޝެންޓް" ވެފައި އަދި އިތުރަށް ހޫނުވުން ކުޑަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އާ ބެޓެރި، ވިލާ ހަކަތައިގެ ހުރިހާ އައުޓްލެޓްތަކުން ލިބޭނޭ ކަމަށެެވެ. އަދި ބޯޓު ފަހަރުތަަކަށް ޑެލިވާ ވެސް ކޮށްދޭނެ ކަމަށެވެ. ވިލާ ފިއުޝަން ބެޓެރި އުފައްދާފައި ވަނީ އިންޑިއާގަ އެވެ.

މި ޕްރޮޑަކްޓާ ބެހޭ އިތުރު މައުލޫމާތު ވިލާ ހަަކަތައިގެ ސޯޝަލް މީޑިއާއާއި އަދި މިހާރު ކުރިއަށްދާ މެރިން އެކްސްޕޯއިން ލިބޭނެ އެވެ. މި އެކްސްޕޯ މިރޭ 10:00 ޖަހަން ދެން ކުރިއަށްދާނެ އެވެެ.