އެމްޓީސީސީ

ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ފަށައިފި

Dec 15, 2021

ލ.ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ފޮނަދޫ ދެވަނަ ފިޔަވަހިގެ މަގު ހެދުމުގެ މަސައްކަތުގެ ދަށުން ފެންހިންދާ ހޮޅިވަޅު ލުމުގެ މަސައްކަތް މިމަހުގެ 13 ވަނަ ދުވަހު ވަނީ ފަށާފައެވެ.

މި މަސައްކަތުގެ ދަށުން 27179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމު ކުރާނެ އެވެ. އަދި 10392 އަކަ މީޓަރުގެ ޕޭމަންޓް ހެދުމާއި ފެންހިންދާ ނިޒާމު ގާއިމު ކުރުން ހިމެނެ އެވެ.

މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް ކޮންޓެކްރެކްޓާ އެމްޓީސީސީން ބުންޏެވެ.

މި ޕްރޮޖެކްޓް އަކީ 53.9 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.