ފޮނަދޫ

ފޮނަދޫ މަގުތަކުގައި މި މަހު ތާރު އަޅަން ފަށާނެ

Oct 4, 2020

ލ. އަތޮޅުގެ ވެރިރަށް ފޮނަދޫ މަގުތަކުން ބައެއްގައި ތާރުއެޅުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް އެ މަސައްކަތާ ހަވާލުވެ އޮތް އެމްޓީސީސީން ބުނެފި އެވެ.

ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ވަނީ ގެންގޮސްފަ އެވެ. އެމްޓީސީސީން ބުނީ އެ ރަށުގެ އެ މަޝްރޫއުގެ ތެރެއިން ބައެއް މަގުތަކުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގައި 3.5 ކިލޯ މީޓަރު ހުންނަ 12 މަގުގައި ތާރު އަޅާ ފެން ހިންދާ ނިޒާމު ގާއިމުކުރާނެ އެވެ.

މި މަޝްރޫއަކީ 25.5 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ދީފައިވާ މަޝްރޫއެކެވެ. އެމްޓީސީސީން ކޮންމެ ދުވަހަކު ވެސް އެ ކުންފުނީގެ މަސައްކަތްތައް ޓްވިޓާގައި އަޕްޑޭޓް ކުރެ އެވެ.