އެޗްޕީއޭ

ދެކުނު އޭޝިޔާއިން އަންނަ ވެކްސިން ފުރިހަމަ ނޫން މީހުން ކަރަންޓީނަށް

ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ވާކް ޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށް ފަހު އެޗްޕީއޭ އިން ކަނޑައަޅާ ފެސިލިޓީއެއްގައި ކަރަންޓީންވާން އެންގި އެންގުމަށް ބަދަލު ގެނެސްފި އެވެ.

އެޗްޕީއޭއިން ބުނީ ޖޫން 29 ގައި އެންގި އެންގުން އުވާލާފައިވާ ކަމަށާ މި ނިންމުމާއި ގުޅިގެން ކޮވިޑް-19 ވެކްސިން ފުރިހަމަ ނުވާ ރާއްޖެއަށް އެތެރެވާ ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށް ފަހު އެ މީހަކު ރާއްޖެއަށް ގެންނަ ފަރާތުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓްކޮށް އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.

މި ގޮތަށް އެތެރެވޭ މީހުން ކަރަންޓީންވާ ތަނުގެ މައުލޫމާތު އެޗްޕީއޭއާ އެއް ދުވަސް ކުރީން ހިއްސާކުރަންވެސް ޖެހެއެވެ.