ކެޓުރީނާ ކައިފްގެ އަލަތު ކައިވެނީގެ ހެދުމުގެ ރީތި ވާހަކަ ގިނަ ބަޔަކު މިހާރު ދައްކަމުންދާއިރު އެ ހެދުމަކީ އަތްތެރި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަޔެއްގެ އެތައް ދުވަހެއްގެ މަސައްކަތްކަން ކަމަށް ހެދުން ޑިޒައިންކުރި ސަބްޔާސާޗީ ހާމަކޮށްފި އެވެ.
ކެޓުރީނާ އަޅައިގެ ންހުރި ސާޅި ތައްޔާރުކުރަން ސަބްޔާސާޗީގެ ޓީމަށް 1800 ގަޑއިރު -- 75 ދުވަސް ހޭދަވި އެވެ.
ކެޓުރީނާގެ މަންމަ އަކީ އިނގިރޭސިވިލާތު މީހަކަށް ވާތީ އޭނާގެ މަންމަގެ ސަގާފަތް މި ހެދުމުން ދައްކާލަން ކެޓުރީނާ ބޭނުންވީ އެވެ.
މި ސާޅީގައިވާ ކޮންމެ މަލަކީ ބެންގާލުގެ އަތްތެރި މަސައްކަތްކުރާ 40 އަންހެނެއްގެ އަތްތެރި މަސައްކަތް ކަމަށާއި އޭގައިވާ އެސްތަކާއި ކްރިސްޓަލް ތަކަކީ ވެސް އެމީހުންގެ އަމިއްލަ އަތުން ހަރުކޮށްފައިވާ އެއްޗެތި ކަމަށް ސަބްޔާސާޗީ ބުނެފައި ވެއެވެ.
އަސްލު ކެޓުރީނާ ބޭނުންވީ ކައިވެނީގެ ހެދުން ހުދުކުލައިގައި ހުރުމަށެވެ. ނަމަވެސް މަންމައަށް އޭނާ ދިން ޓްރިބިއުޓެއްގެ ގޮތުގައި އެ ސާޅީގައި 'އިންގްލިޝް ފްލާ"ގެ އެމްބްރޮއިޑަރީ ހަދާތީ މަޑު ފިޔާތޮށިކުލައިގެ ސާޅިއަކަށް އެ ސާޅި ބަދަލު ކުރީ އެވެ.
ކެޓުރީނާގެ ސާޅީއައެކު ބޮލުގައި އަޅާފައިވާ ފޮތިގަނޑުގެ އަގު ވެސް އެހާ ބޮޑެވެ. އަދި ވެއިލް އަކީ ވެސް އަތްތެރި މަސައްކަތްކުރާ މީހުންގެ އެތައް ދުވަހެއްގެ މަސައްކަތެވެ.