އެމްޓީސީސީ

ފީވަކު ފުޓްބޯޅަ ދަނޑުގެ އަޕްޑޭޓް ދީފި

ށ. ފީވަކުގައި އެމްޓީސީސީން ތަރައްގީކުރާ ފުޓްބޯޅަ ދަނޑުގެ އަޕްޑޭޓް ދީފި އެެވެ.

އެމްޓީސީސީން އިން ބުނީ ފުޓް ބޯޅާ ދަނޑުގެ ސަބް ބޭސް ތައްޔާރު ކުރުމުގެ މަސައްކަތުގެ 72 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި ކާނުގަނޑު ހަރުކުރުމުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން 8،400 އަަކަމީޓަރުގެ ސަރަހައްދެއް ސާފު ކުރުމާއި، ފުޓްބޯޅަ ދަނޑުގެ 2،940 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، ބިންގަނޑު އެއްވަރުކުރަން 4511.70 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަން ވަނީ ހަމަޖެހިފަ އެވެ.

އަދި 460.29 އަކަމީޓަރުގެ ސަރަހައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމާއި، ކާނު ގަނޑަކާއި ފެން ހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 2.68 މިލިއަން ރުފިޔާ އެވެ.