އައްޑޫ ސިޓީ

އައްޑޫގެ މިސްކިތަކަށް ބޮޑުކަމުގޮސްފި

އައްޑޫ ސިޓީގެ މިސްކިތަކަށް ބޮޑުކަމު ދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އައްޑޫ ސީޓީގެ މޭޔަރު އަލީ ނިޒާރުު ވިދާޅުވީ ބޮޑު ކަމުގޮސްފައިވަނީ ފޭދޫގެ މިސްކިތަކަަށް ކަމަށެވެ. އަދި އެކަން އެނގުނީ މިއަދު ފަތިހު ކަމަށެވެ.

މީގެ އިތުރުން ފޭދޫގެ އެހެން މިސްކިތެއްގެެ ތަކެއްޗަށް ގެއްލުންދީ ހަތިމްތައް ބިންމައްޗަށް އުކާލައިފައިވާ ކަމަށެވެ.

މޭޔަރު ވިދާޅުވީ މިކަން ކުރިކަމަށް ބޮޑަށް ބެލެވެނީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށް ބެލެވޭ ކަމަށެވެ. މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި 47 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިސްކިތްތަކުގެ ހުރުމަތް ކެނޑުން އާންމުވެފައިވާ އިރު މާލޭގެ މިސްކިތަކަށް މީހަކު ތަކުރާރުކޮށް ކުޑަކަމުދިއުމުގެ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އަދި އެ މައްސަލައިގައި އޭނާ މިހާރު ވަނީ ދޮޅުމަހަށް ޖަލަށްވެސް ލައިފަ އެވެ.