ޓެކްނޯލޮޖީ

ކްލަބްހައުސް ބްލޮކެއް ނުކުރަން: ކޭމް

Dec 16, 2021
2
0%
0%
0%

އޯޑިއޯ ޗެޓް އެޕްލިކޭޝަން "ކްލަބްހައުސް" އަށް ނުވަދެވެނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން އެ އެޕްލިކޭޝަން ބްލޮކް ކޮށްގެން ނޫން ކަމަށް ކޭމް އިން ބުނެފި އެވެ.

ކްލަބްހައުސް އަށް ނުވަދެވެނީ ރާއްޖޭން އެ އެޕްލިކޭޝަން ބްލޮކް ކޮށްފައިވާތީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ކްލަބްހައުސް ބްލޮކް ކުރީ ސަރުކާރަށް ފާޑުކިޔާތީ އެކަމާ ހިތްހަމަނުޖެހިގެން ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅުމަށް ކަމަށްވެސް ފާޑު ކިޔާ މީހުން ބުނެފައިވެ އެެވެ.

މިކަމާ ގުޅިގެން އަވަސް އަށް މައުލޫމާތު ދެއްވަމުން ކޭމްގެ ސީއީއޯ އިލްޔާސް އަހްމަދު ވިދާޅުވީ ކްލަބްހައުސް ބްލޮކް ކުރުމަށް ރާއްޖޭން އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށެވެ. ދިމާވެގެން އުޅޭ މައްސަލަ ދިމާވެފައިވަނީ ކްލަބްހައުސް އެޕްލިކޭޝަނަށް ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެެވެ.

"ކްލަބްހައުސް ބްލޮކް ކޮށްލަންޖެހޭ ވަކި ސަބަބެއް މިވަގުތު ނެތް. އެހެންވީމާ ކޭމް އިން ބްލޮކް ކުރި ކަމަށް ބުނެ އެ ދައްކަނީ ރަނގަޅު ވާހަކަތަކެއް ނޫން. އަނެއްކާ ގިނަ ބަޔަކު ބޭނުންކުރާ އެޕްލިކޭޝަނެއް އެގޮތަށް ބްލޮކް ކޮށްލާއިރު އަޅުގަނޑުމެން ވެސް ހަމަ ވަރަށް ބަލާނެ،" އިލްޔާސް ވިދާޅުވި އެވެ.

ކްލަބްހައުސް އަށް މިހާރު ވަދެވެނީ ވީޕީއެން މެދުވެރިކޮށް އެކަންޏެވެ.

ޣައިރު ދީންތައް ފަތުރާ ވެބްސައިޓްތަކާއި ޕޭޖުތައް ބްލޮކް ކުރުމަށް އަންގާ މިދިޔަ މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ކަމާ ގުޅޭ އިދާރާތަކުގެ މައްޗަށް އަމުރެއް ނެރެފަ އެވެ.

އިލްޔާސް ވިދާޅުވީ އެ އަމުރާ ގުޅިގެންވެސް ކްލަބްހައުސް މިހާތަނަށް ބްލޮކްކޮށްފައި ނުވާނެ ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910