ކުޑަފަރީ

ކުޑަފަރީގެ ފެނާރި ނަރުދަމާގެ މަސައްކަތުގެ 75 ޕަސެންޓް ނިމިއްޖެ

އެމްޑަބްލިއުއެސްސީން ނ. ކުޑަފަރީގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާގެ މަސައްކަތުގެ 75 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

އެގޮތުން ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތާއި 92.8 ކިލޯމީޓަރު ދިގު ފެނުގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި ބޯހޯލް ތޮރުފުމުގެ މަސައްކަތާއި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް އެއްކޮށް މިހާރު ވަނީ ނިންމާފަ އެވެ.

ފެނުފެ މަސައްކަތުގެ ދަށުން މިހާރު ކުރަމުން ދަނީ ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުމުގެ މަސައްކަތްތަކެވެ. މި މަސައްކަތްތަކުގެ ބޮޑުބައި ވެސް މިހާރު ވަނީ ނިމިފަ އެވެ.

ކުޑަފަރީގެ ނަރުދަމާ ނިޒާމުގެ އެއްކޮށް ނިމިފައި ވަނީ ހަތް ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި ސީ އައުޓްފޯލް ގާއިމުކުރުމާއި އަދި ޕަންޕިން ލައިން އެޅުމުގެ މަސައްކަތް ތަކެވެ. އަދި ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ މަސައްކަތްތައް ކުރަމުންގެންދާ އިރު އޭގެ ބޮޑު ބައިވެސް މިހާރު ވަނީ ނިމިފައެވެ.

މި ދެ މަސައްކަތުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހްލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ އެވެ.

ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއީ 75 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.