މާލޭގެ ބައެއް ހިސާބުތަކުގެ ގޭގެއަށް ފެން ފޯރު ކޮށްދިނުމުގައި ޕްރެޝަރު ދަށްވެދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ޕްރެޝަރު ދަށްވާން މެދުވެރި ވަނީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ފޯރުކޮށްދޭ ނެޓްވޯކްތައް މަރާމާތު ކުރަމުންދާތީ ކަމަށެވެ. މަރާމާތުތައް ކުރުމަށް ބޮޑެތި ބައެއް މަގުތައް މިހާރު ވެސް އޮތީ ކޮނެފަ އެވެ.
ނަމަވެސް މަރާމާތު ކުރަމުން ދަނީ ކޮން ސަރަަހައްދުތަކެއް ފެން ކުންފުނިން ނުބުނެ އެވެ. އަދި ފެނުގެ ޕްރެޝަރު ދަށްވެދާނެ ވަކި ސަރަހައްދުތަކެއް ވެސް ހާމައެއް ނުކުރެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހިދުމަތަށް ބުރޫއަރާތީ ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ.