ފެނާއި ނަރުދަމާގެ ނިޒާމް

ހަންޏާމީދޫ ފެނުގެ ނިޒާމް އިފުތިތާހުކޮށްފި

Apr 5, 2021
1

އެމްޑަބްލިޔުއެސްސީން އދ. ހަންޏާމީދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް އިފުތިތާހު ކޮށްފި އެވެ.

މި މަޝްރޫއޫގެ މަސައްކަތް އިފްތިތާހުކޮށް ދެއްވާފައި ވަނީ ހަންޏާމީދޫގަގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު އާއި އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ރުޤިއްޔާ މުހައްމަދެވެ.

މި މަޝްރޫއު ހަވާލު ކޮށްފައި ވަނީ 22 މަސް ދުވަހުން ނިންމާށެވެ. މިއީ ޕީއެސްއައިޕީ ބަޖެޓުން 21,6 މިލިއަން ހަރަދު ކުރާނެ މަސައްކަތެކެވެ.

ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ހަންޏާމީދުއަށް ގެންގޮސް ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ވެސް ވަނީ ފަށާފަ އެވެ. އަދި ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައް ވެސް ވަނީ ފަށާފަ އެވެ. މި މަޝްރޫއުގައި 5.1 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ ނެޓްވޯކް އަޅައި ދެ އާރްއޯ ޕްލާންޓާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބަހައްޓާނެ އެވެ.