އިޒްރޭލު ވައިގެ ސިފައިން ސީރިއާގެ ވެރިރަށް ދިމިޝްގެ އެއާޕޯޓަށް ހަމަލާދީފި އެވެ.
ރަޝިއާގެ އަސްކަރީ އޮފިޝަލުން ބުނާ ގޮތުން ދިމިޝްގެ އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާދޭން އިޒްރޭލުން ބޭނުންކުރީ އެފް-16 އިގެ ޖެޓްފައިޓަރެވެ.
ދިމިޝްގުގެ އެއާޕޯޓަށް އިޒްރޭލު ޖެޓުތަކުން އަށް ކުރޫޒް މިސައިލް ފޮނުވި ކަމަށްވެ އެވެ. އެހެންނަމަވެސް ސީރިއާގެ މިސައިލް ޑިފެންސް ސިސްޓަމުން ހަތް މިސައިލް މަތަކުރި ކަމަށް ޚަބަރުތައް ބުނެ އެވެ.
މިހަމަލާގައި ވެއާހައުސްއެއް މުޅިން ސުންނާފަތިވެ މީހަކު މަރުވި ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ. އިތުރު ގެއްލުންތަކުގެ ތަފުސީލް އަދި ހާމައެއް ނުކުރެ އެވެ.
އިޒްރޭލުން މިފަހަކަށް އައިސް ސީރިއާގެ އެކި އަމާޒުތަކަށް ދެމުން ގެންދާ ހަމާތައް އަންނަނީ އިތުރުކުރަމުންނެވެ.
1967 ގައި ހިނގައިދިޔަ އަރަބި-އިޒްރޭލު ހަނގުރާމައިގައި، އިޒްރޭލުން ޖަހައިގަތް ގޯލާންގެ އުސްބިންތަކަށް ޖަމާކޮށްފައި ތިބި އިޒްރޭލުގެ ފައުޖުތަކުން ވެސް ސީރީއާށް ހުއްޓުމެއް ނެތި ހަމަލާދެ އެވެ.
އިޒްރޭލު ޖެޓްތަކުން ދިމީޝްގް އެއާޕޯޓަށް ހަމަލާދީން ސަބަބެއް އަދި ނޭނގެ އެވެ. އަރަބި މުސްލިމުންްގެ މުގައްދަސް ބިންތަކަށް އަރައިގަނެ ހަމަލާދިނުން ފަދަ ހަޑިމުޑުދާރު އަމަމުތައް ހިންގުމުގައި އިޒްރޭލުން ވަކި ސަބަބަކަށް ނުބަލަ އެވެ. އޮންނަނީ އެމީހުންނަށް ފެނުމާއި ޝައުގުވެރިވުމެވެ.
ގޯލާންގެ އުސްބިންތަކާ މެދު އިޒްރޭލުން ދެކެނީ އެއީ އިޒްރޭލުގެ ބައެއްގެ ގޮތުގަ އެވެ. އެސަރަހައްދުގައި ހިނގަނީ އިޒްރޭލުގެ ގާނޫނާއި ގަވައިދެވެ. އެއީ ސީރިއާގެ ބިމެއް ކަމަށް މުޅި ދުނިޔެ ގަބޫލުކުރި ނަމަވެސް، އިޒްރޭލު ގެންދަނީ އެސަރަހައްދުގައި ބާރުތައް ގަދަކުރަމުންނެވެ.
އިޒްރޭލުން ކުރިއަރުވާފައި އޮތް މޮޅު އަސްކަރިއްޔާގެ ޖެޓްފައިޓަރުތަކުން ފޮނުވި އަށް މިސައިލުން ހަތް މިސައިލް ސީރިއާގެ ސިފައިންގެ ދިފާއީ ނިޒާމުން މަތަކުރުމަކީ ވަރަށް ބޮޑު ކާމިޔާބެކެވެ. އިޒްރޭލުން ވަގަށް ނަގައިގެން އުޅޭ ބާރުވެރިކަމާ އެކުވެސް ގިނަ ފަހަރު ފެންނަނީ ފަލީހަތްވެ، ބޭޒާރުވާ މަންޒަރެވެ.