ރިސޯޓް

ނަލަދޫ ޕްރައިވެޓް އައިލެންޑަށް ފުރިހަމަ 20 ގެ

Dec 17, 2021

ނަލަދޫ ޕްރައިވެޓް އައިލެންޑަށް ބޮޑު ބަދަލެއް ގެނެސް މަތީ ފަންތީގެ 20 ގެއާ އެކު އަލުން ހުޅުވައިިފި އެވެ.

މާލެ އަތޮޅުގައި ހިންގާ ޕްރައިވެޓް އައިލެންޑެއް ކަމަށްވާ ނަލަދޫ އަށް ބޮޑު ބަދަލެއް ގެނެސް ހުޅުވާފައިވަނީ އެމެރިކާއަށް ނިސްބަތްވާ ރާއްޖޭގެ ގިނަ ރިސޯޓު ތަކެއް ފަރުމާކޮށްފައިވާ ޔޫޖީ ޔަމަސާކީގެ ފަރުމާތަކާ އެކުގަ އެވެ.

މި ރިސޯޓަށް މިހާރު ގެނެސްފައިވާ ބަދަލާއެކު ދެ ކޮޓަރީގެ ޕޫލް ބީޗް ރެސިޑެންސެއް ވެސް ހުންނާނެ އެވެ. މީގެ އިތުރުން 20 މީޓަރުގެ ޕްރައިވެޓް ބީޗެއް ވެސް ހަދާފައިވެ އެވެ. އަދި އިންޑޮނޭޝިއާގައި ތައްޔާރުކޮށްފައިވާ މޯޑަން ކޮލޯނިއަލް ސްޓައިލިންގެ ފަރުނީޗަރުން ޕްރައިވެޓް އައިލެންޑަށް އިތުރު ފުރިހަމަ ކަމެއް ގެނެސްފައިވެ އެވެ.

ނަލަދޫ ޕްރައިވެޓް އައިލެންޑުގެ ފަރުމާ އަށް ބޮޑު ބަދަލެއް ގެނައި ޔަމަސާކީ ވަނީ މި ބަދަލު ގެނައިއިރު އެންމެ ބޮޑަށް އިސްކަން ދީފައިވަނީ މި ރަށުގެ ފުރިހަމަ ގެތަަށް ބޭނުންކުރާ މެހުމާނުންނަށް އެންމެ ފުރިހަމަ އަށް ހުސްޖާގަ އިހުސާސް ކުރެވޭ ގޮތަށް ފަރުމާ ކުރާށެވެ.

ރިސޯޓުގައި މިހާރު ދެ ގިންތިއެއްގެ "ގެ" ހުންނާނެ އެވެ. މީގެ ކޮންމެ ގެއެއްގެ ވެސް ލިވިން ސްޕޭސްގައި 300 އަކަމީޓަރު ހުރެ އެވެ. އަދި މި "ގޭގެ" ވަށައިގެންވާ ސަރަހައްދު ޒީނަތްތެރިކޮށްފައިވަނީ ގަސްގަހާ ގެހިންނެވެ. މި ގެ ތަކަށް އަންނަ ޓޫރިސްޓުންނަށް ޕްރައިވެޓް ބީޗަށް ސީދާ އެކްސެސް ވެވޭ ގޮތަށެވެ.

މި ރަށުގައި މިހާރު 600 އަކަފޫޓުގެ ދެ ކޮޓަރީގެ ޕޫލް ރެސިޑެންސެއް ވެސް ހުރެ އެވެ.

މާލޭން ފުރައިގެން 30 މިނެޓުން ދެވޭ ރާސްތާގައި ހުޅުވާފައިވާ ނަލަދޫގައި އެންމެ ދަަށްކޮށް ވެސް ކޮޓަރިއެއް ކުއްޔަށްދޭ އަގަކީ 1,900 ޑޮލަރެވެ.