އެމެރިކާ އޮތީ ރަޝިއާއާ މަޝްވަރާ ކުރަން ތައްޔާރަށް ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު، ޖޭކް ސުލިވަން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ރަޝިއާއާ މަޝްވަރާ ކުރެވޭނީ ދޫދޭ ނިސްބަތަކުން ދޫދޭ ގޮތަށް ކަމަށެވެ.
ސުލިވަން ވިދާޅުވި ގޮތުގައި ރަޝިއާ ކަންބޮޑުވާ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. އެމެރިކާ އެދޭ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. އޭނާ ވިދާޅުވީ އެއްމޭޒު ދޮށުގައި ބައިއަޅައި މަޝްވަރާ ކުރެވޭއިރު އެމެރިކާ އިސްކުރާނީ އަމިއްލަ ޝައުގުވެރިކަން ކަމަށެވެ.
ރަޝިއާއިން ކަމެއްގައި ދޫދޭން ބޭނުން ނޫން ނަމަ، ސުލިވަން ވިދާޅުވި ގޮތުގައި އެމެރިކާއަށް ކުރެވެން ހުރި ނަމަވެސް ރަޝިއާ ބޭނުން ގޮތެއް ހަދައި ނުދިމުގެ އިޚްތިޔާރު އޮންނާނެ އެވެ.
ރަޝިއާ އާއި އެމެރިކާ އަކީ ނިއުކްލިއަ ދެގައުމު ކަމަށް މުޝީރު ވިދާޅުވި އެވެ. ޒަމާން ފެށުނީއްސުރެ ދެގައުމުގެ ދެމެދުގައި މަޝްވަރާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބައެއް ފަހަރު އެއްގަލަކަށް އެރޭ ކަމަށާއި ފަނުފުލުންދާ ފަހަރު ވެސް އަންނަ ކަމަށެވެ.
ސުލިވަން ވިދާޅުވި ގޮތުގައި ޔުކްރޭން ސަރަހައްދުގައި ނޭޓޯ ސިފައިން ތިބުމަކީ ރަޝިއާ ކަންބޮޑުވާ ކަމެެކެވެ. ރަޝިއާ އޮތީ އެކަމާ ޝަކުވާކޮށްފަ އެވެ. އޭނާ ވިދާޅުވީ ހަމައެފަދައިން ރަޝިއާގެ ސަބަބުން ޔުކްރޭނަށް ދިމާވެދާނެ ގޮތަކާ މެދު އެމެރިކާ ކަންބޮޑުވެ އެވެ. އަދި ނޭޓޯގެ ހަރަކާތްތަކަށް ރަޝިއާ ހުރަސްއަޅާފާނެ ކަމަށް އޮތް ބިރު ވެސް ބޮޑެވެ.
މުޝީރު ވިދާޅުވީ މިހާލަތުގައި މަޝްރަހު އޮތް އިރު މަޝްވަރާ މުހިންމު ކަމަށާއި ދެގައުމުން ވެސް ދޫދޭން ޖެހޭ ކަމަށެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓީން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދާކަށް ދުވަހު ވީޑިއޯ މެދުވެރިކޮށް މަޝްވަރާ ކުރެއްވި އެވެ. އަދި ފުށުއަރާ ކަމެއްގައި ދެގައުމުން މަޝްވަރާ ކުރުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
ދެރައީސުންގެ މަޝްވަރާގައި މުހިންމު ސުރުޚީތަކެއް ހުރި ނަމަވެސް ވަކި ގޮތަކަށް ވަކި ކަމެއް ކުރަން ދެގައުމުން ކުރެ ގައުމަކުން އެއްބަހެއް ނުވެ އެވެ.