އެސްޓީއޯ

އެސްޓީއޯގެ އަހަރީ ސޭލް މާދަމާ

އެސްޓީއޯގެ އަހަރީ ސޭލް މާދަމާ ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެސްޓީއޯގެ 57 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ މި ސޭލްގައި ބޮޑެތި ޑިސްކައުންޓްތަކާއި އިނާމްތައް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ސޭލް ކުރިއަށް ދާނީ މާދަމާ އެކަންޏެެވެ.

މިފަހަރުގެ ސޭލްގައި ފަސް ޕަސެންޓާ 15 ޕަސެންޓާ ދެމެދުގެ އަދަދަކުން ޑިސްކައުންޓް ލިބިގެންދާނެ އެެވެ.

އެގޮތުން އެސްޓީއޯގެ ސުޕަމާޓް ފިހާރައިން ކުރާ ވިޔަފާރިތަކުން ފަސް ޕަސެންޓް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. މީގެ އިތުރުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން އޭސީ ނޫން އެހެން ހުރިހާ މުދަލުން ކުރާ ވިޔަފާރިތަކުން 15 ޕަސެންޓްއާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

މިފަހަރުގެ ސޭލްގައި ގްރޭންޑް ލަކީޑްރޯއެއް ބާއްވައި ނަސީބުވެރި އެއް ފަރާތަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 20،000 ރުފިޔާގެ ވައުޗާއެއް ދޭނެ އެވެ. އަދި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްއިން ކުރާ ވިޔަފާރިތަކުން ކޮންމެ 57 ވަނަ ކަސްޓަމަރަކަށް 32 އިންޗި ޓީވީއެއް އަދި އެސްޓީއޯ ސުޕަމާޓުން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ 57 ވަނަ ކަސްޓަމަރެއްގެ ބިލް މުޅިން ހިލޭ ކޮށްދޭނެ އެވެ.