ޓެކްނޯލޮޖީ

އެނޮނިމަސް ގުރޫޕް މީ ކޮންބައެއްތަ؟

ހައްދު ފަހަނަ އަޅާފައިވާ އައި،އެސް ޖަމާއަތާއި ގުޅުންހުރި ފަސް ހާހަށް ވުރެ ގިނަ ޓުވިޓަރ އެކައުންޓްތައް ބޭނުން ނުކުރެވޭ ގޮތް މިގުރޫޕުން ހެދިއެވެ. އިސްރާއިލުން ކުޑަކުދިން މަރަމުންދާތީ އެޤައުމުގެ އެތަކެއް ވެބްސައިޓް ތަކެއް ހުއްޓުވާ ސަރުކާރުގެ މައި ކޮމްޕިއުޓަރ ވިއުގަ ބޭނުން ކުރުމަށް ދަތި ކުރިއެވެ. އިސްލާމުން އެމެރިކާއަށް އެތެރެވުން ހުއްޓުވާނެ ކަމަށް ރިޔާސީ އިންތިޙާބަށް ކުރިމަތިލައިގެން މިއުޅޭ ރޮނަލްޑް ޓްރަމްޕް ބުނުމާއި އެކު އެނޮނިމަސް ގުރޫޕުން ވަނީ އެކަމުގެ ތެރެއަށްވެސް ވަދެފައެވެ.

ސުވާލަކީ މީ އަސްލު ކޮން ގުރޫޕެއް ހެއްޔެވެ.؟ ކޮން ޤައުމެއްގަ އުޅޭ ކޮން ބައެއް ހެއްޔެވެ.؟ މި ގުރޫޕްގެ އިސްވެރިންނަކީ ކޮބައިހެއްޔެވެ.؟

އެނޮނިމަސް ގުރޫޕަކީ އިސްވެރިއެއް ނެތް އެކިއެކި ޤައުމުތަގަ ތިބި ކޮންޕިއުޓަރ ބޭނުން ކުރުމަށް ފަރިތަ މީހުންޏެވެ. ވެބްސައިޓްތަކާއި ނެޓްވޯރކްތަކުގެ އެންމެ އެތެރެއަށްވަދެގަންނަށް ދަންނަ މީހުންޏެވެ. އެންމެންނަކީވެސް ކަންކަން ނިންމުމުގައި ބަސްބުނާ މީހުންޏެވެ. މި ގުރޫޕުން ވަކި ކަމެއް ކުރަން ނިންމަނީ ވަކިވަކި މީހުން ދައްކާ ވާހަކަ ތަކަށްބެލުމަށްފަހު ގިނަ މީހުންގެ ރޫހް ހުރި މިސްރާބަކަށް އަމާޒްކޮށް ހަމަލާދީގެންޏެވެ. ސައިބަރ އެޓޭކޭވެސް ކިޔައެވެ. ނުވަތަ ހެކް ކުރުމޭވެސް ކިޔަ އެވެ.

މީ ކޮންބައެއްކަން،ކޮން ރަށެއްގަ ހުރި ކާކުކަން ބުނެދޭން އިންގޭ މީހަކު ނެތެވެ. މިރާއްޖޭގައިވެސް އެނޮނިމަސް ގުރޫޕްގެ މެންބަރުން އެބަތިއްބެވެ. އަދި މި ރާއްޖެއަށް ޙާއްސަ އެނޮނިމަސް ގުރޫޕް (އެނޮނިމަސް މޯލްޑިވްސް) ވެސް އެބައޮތެވެ. ދޭތެރެއަކުން ކޮންމެވެސް ވެބްސައިޓެއްގެ ފުރަތަމަ ސޮފްހާއަށް ވަރުގަދަ މެސެޖެއް އަރުވާލައެވެ. ނުވަތަ ވެބްސައިިޓަށް ނުވަދެވޭ ގޮތް ހަދައެވެ.

ދެހާސް އަށް ވަނަ އަހަރު އުފެދިންގެ އައި މި ގުރޫޕްގެ މަސައްކަތުން ގިނަ ސަރުކާރު ތަކާއި ޖަމާއަތް ތަކުގެ ނުކިއްސަރު އެތަކެއް ސިޔާސަތުތައް ވަނީ ބަދަލް ކޮށްފައެވެ. އެތަކެއް ގޯސް ނިންމުންތައް ރަނގަޅު ކޮށްފަވާއިރު، މި ގުރޫޕްގެ ނަމުގައި އެތަކެއް މުޒާހަރާ ތަކެއް އިންޓަނެޓްގަ، ވަނީ ހިންގާފައެވެ. އަދި ބައެއް ޤައުމު ތަކުގައި މޫނު ނިވާކޮށްގެން ނިކުމެ އެނޮނިމަސްގެ ގޮތުގައި، މަގުމަތީ މުޒާހަރާތައްވެސް ކޮށްފަވެ އެވެ.

އެމެރިކާގެ ޓައިމްސް މަޖައްލާއިން ހޮވާ އެންމެ ނުފޫޒް ގަދަ ސަތޭކަ ފަރާތުގެ ތެރޭގައި މި ގުރޫޕްވެސް ހިމެނެއެވެ. އެހެން ނަމަވެސް މީ އަސްލު ލޮލައްފެންނަ ބައެއް ނޫނެވެ. އަސްލު ނަން އިންގޭބައެއް ވެސް ނޫޅެއެވެ. އެންގޭހާވެސް ކަމަކީ މީ ކޮމްޕިއުޓަރ ބޭނުން ކުރުމަށް ފަރިތަ، ގޯސް ނިންމުންތަކާއި، އަނިޔާ އަދި ބޭއިންސާފް ކަންކަމާއި ދެކޮޅަށް އަޑުއުފުލާ އިންސާނުން ކަމެވެ.