މޯލްޑިވްސް ޕޮލިސް ސާވިސް

ވަލީ ނުދޭން ފިލައިގެން އުޅޭ މީހަކު ހޯދަނީ

Dec 20, 2021

ދަރިފުޅުގެ ކައިވެންޏައް ވަލީ ނުދޭން ވެގެން ފިލައިގެން އުޅޭ މީހަކު ފުލުހުން ހޯދަން ފަށައިފި އެވެ.

ފުލުހުންގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުގައި އޮތް ވަލީ ހޯދުމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ އއ. ތޮއްޑޫ / ޗާންދަނީމާގޭ، ހަސަން ވަހީދު ކަމަށެވެ. އޭނާ ހޯދަމުން ދަނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން ކަމަށް ވެސް ބުނެފައި ވެއެވެ.

އުމުރުން 40 އަހަރުގެ ހަސަން ވަހީދު ބަންދުގައި ބަހައްޓައިގެން މި މަހުގެ 23 ވަނަ ދުވަހުގެ 10:00 އަށް ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކޮށްދިނުމަށް ކޯޓުން އަމުރު ކޮށްފައިވާ ފުލުހުން ބުނެ އެވެ.

ތަފާތު އެކި މައްސަލަތަކުގައި ކޯޓަށް ހާޒިރު ނުކުރެވޭ މީހުން ހޯދަން އިއުލާނުކޮށް އާންމުގެ އެހީއަަށް ފުލުހުން ވަރަށް ގިނައިން އެދެ އެވެ. ވަލީ ނުދޭން ވެގެން ފިލައިގެން އުޅޭ މީހަކު ހޯދަން އިއުލާނު ކުރަނީ ވަރަށް މަދު ފަހަރެއްގަ އެވެ.