މޯލްޑިވްސް ނޭޝަނަލް ޕާޓީ

ކޮމަންޑޫ ދާއިރާ: އެމްއެންޕީގެ ޓިކެޓަށް ހުޅުވާލައިފި

Dec 21, 2021

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޓިކެޓް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެންޕީގެ މެންބަރުންނަށް ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރު 5:00 ޖެހުމާ ހަމައަށެވެ.

އެމްއެންޕީން ބުނީ އިންތިހާބަށް ޕްރައިމަރީއެއް ބާއްވަންޖެހޭނަމަ ވޯޓްލުން ކުރިއަށް ދާނީ މި މަހުގެ 28 ގައި ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެ ކަމަށް މިހާތަނަށް އިއުލާން ކޮށްފައި ވަނީ އެމްއެންޕީގެ އިތުރުން އެމްޑީޕީ އާއި ޕީޕީއެމުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ އަންގާރަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ވޯޓުލުން ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.