ޓޫރިޒަމް

ނައުޓިލަސްއަށް ފަތުރުވެރިން ގެންދަން ސީޕްލޭނެއް ގެނެސްފި

Dec 23, 2021
1

ބ. އަތޮޅުގައި ހިންގާ ނައުޓިލަސް މޯލްޑިވްސް އަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން އުފުލުމަށް އެ ރިސޯޓުން ސީޕްލޭނެއް ގެނެސްފި އެވެ.

ނައުޓިލަސް މޯލްޑިވްސް އަކީ ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމުގައިވާ މަންޓާ އެއާގެ އެއް ހިއްސާދާރު ސަންޖޭ މަނިކުގެ ބައްޕަ ޑރ. އިބްރާހީމް އުމަރު މަނިކު ތަރައްގީ ކުރި ރިސޯޓެކެވެ.

ނައުޓިލަސް އެކަނި މި ސީޕްލޭންގެ ދަތުރުތައް ކުރާނީ މަންޓާ އެއާގެ ޕައިލެޓުންނެވެ.

ނައުޓިލަސް އިން ރާއްޖެ ގެނައީ ޑީއެޗްސީ 6 ޓުވިން އޮޓާ މަރުކާގެ ބޯޓެކެވެ.

މި ބޯޓު ރާއްޖެ އައީ ޔޫއޭއީގެ ފުޖެއިރާއިން ފުރައިގެން 10 ގަޑިއިރުގެ ދަތުރަކަށްފަހު މިދިޔަ އާދީއްތަ ދުވަހު އެވެ.

ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި އެ މީހުންގެ އަމިއްލަ ސީޕްލޭންތައް މަދުން ނަމަވެސް ބޭނުންކުރެ އެވެ.