މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ޖަނަވަރީން ފެށިގެން ސީޓްބެލްޓް އަޅަން އަންގައިފި

ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ސީޓް ބެލްޓް އެޅުމާއި ގުޅޭގޮތުން ގާނޫނަށް ގެނެސްފައިވާ ބަދަލު ޓްރާސްޕޯޓް މިނިސްޓްރީން ހަނދާންކޮށް ދީފި އެވެ.

އެ މިނިސްޓްރީން މިރޭ ގެޒެޓްކުރި އިއުލާނުގައި ބުނެފައިވަނީ އެއްގަމު އުނޅަދު ދުއްވުމުގެ އާންމު ގަވާއިދުގެ 19 ވަނަ މާއްދާގައި ވާ ފަދައިން 30 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުނޅަދުގެ ކުރީ ސީޓުގައި އިންނަ މީހާ ސީޓްބެލްޓް އެޅުމަށް އަންގާ ކަމަށެވެ.

އަދި އެ އެންގުމަށް ޖަނަވަރީ ފުރަތަމަ ދުވަހުން ފެށިގެން އަމަލު ކުރުމަށްވެސް އަންގާފައިވެއެވެ. އެ މިނިސްޓްރީން ވަނީ ހަތަރުފުރޮޅުލީ އުނޅަދު ދުއްވާ މީހުން އެ އެންގުމަށް ތަބާވުމަށްވެސް އިލްތިމާސްކޮށްފައެވެ.