ދުނިޔެ

ތާލިބާނުން ގަބޫލްކުރުމާ މެދު އެބަ ވިސްނަން: ޕޫޓިން

ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއް ގޮތަށް ރަޝިއާ ބަލައިގެންފައި އޮތް އޮތުން ބަދަލު ކުރެއްވުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ރަޝިއާގެ ރައީސް، ލަޑިމިއާ ޕޫޓިން މިއަހަރު އޮކްޓޯބަރުގައި އޮތީ ވިދާޅުވެފަ އެވެ.

ޕޫޓިން ވިދާޅުވީ ތާލިބާނުން ބަލައިގަނެ އަފްޣާނިސްތާންގައި އޮތް ތާލިބާނުންގެ ސަރުކާރާ އެކު ރަސްމީކޮށް މުއާމަލާތްކުރަން ރަޝިއާ ތައްޔާރުވަމުން އަންނަ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެކަމަށްޓަކައި ރަޝިއާ ދުނިޔޭގެ ބައިވެރިނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ތާލިބާނުންނަށް ރަޝިއާ ހުޅަހެޅި ހުށަހެޅުމަކީ އަފްޣާންގައި ސަރުކާރެއް އެކުލަވާލުމުގައި ހުރިހާ ގަބީލާ ޖަމާއަތްތަކަށް ބައިއެޅުން ކަމަށް ޕޫޓިން ވިދާޅުވި އެވެ. ތާލިބާނުންނާ އެކު މުއާމަލާތްކުރަން ރަޝިއާ ވެސް އެދޭ ކަމަށް ވިދާޅުވަމުން ޕޫޓިން ވިދާޅުވީ ތާލިބާނުންގެ ބަހާއި އަމަލު ދިމާވާން ޖެހޭ ކަމަށެވެ.

ޕޫޓިން ވިދާޅުވީ 20 އަހަރު ވަންދެން އަފްޣާންގައި ބަޔަކު ތިބިއިރު އިގުތިސޯދީ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށާއި އަފްގާންގެ އިގްސޯދު ކޮޅަށް ޖެހުމުގައި ރަޝިއާ ބައިވެރިވާނެ ކަމަށެވެ.

އަފްޣާންގެ ވެރިކަމަށް ތާލިބާނުން އެރުމާ ގުޅިގެން އަފްޣާންގެ މަރުކަޒީ ބޭންކަށް ވަންނަން ޖެހޭ 9.5 ބިލިއަން ޑޮލަރު އެމެރިކާ ހިފެހެއްޓި އެވެ. ބޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނީޓަރީ ފަންޑު އަދި ޔޫރަޕިއަން ޔޫނިއަނުން ވެސް އަފްޣާން ޕްރޮޖެކްޓްތަކަށް އެހީދިނުން ހުއްޓާލި އެވެ.

ތާލިބާނުންގެ ތަރުޖަމާން ސުހައިލް ޝަހީމް ސެޕްޓެމްބަރު 13 ގައި މީޑިއާއަށް ވިދާޅުވި ގޮތުން އެމެރިކާ ހިފަހައްޓާފައި ހުރި ފައިސާ ހޯދުމަށްޓަކައި ބައިނަލްއަގްވާމީ ޝަރުއީ ދާއިރާއިން އެހީތެރިކަމަށް އެދިވަޑައި ގަންނަވާނެ އެވެ.

ތާލިބާނުންގެ ސަރުކާރާ ބެހޭ ގޮތުން ނޫސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ އދ. ގެ ސެކިޔުރިޓީ ކައުންސިލުން ވެސް ތާލިބާނުންނާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

ޕޫޓިން ވިދާޅުވީ ރަޝިއާ އެކަނިމާއެކަނި ގަބޫލުކުރާ ގަބޫލުކުރުމަށް ވުރެ ބައިނަލްއަގުވާމީ މުޖުތަމުން ކަމެއް ގަބޫލުކޮށްފި ނަމަ ބާރުގަދަވާނެ ކަމަށާއި ދެމެހެއްޓެނިވި ގޮތުގައި އެކަމެއް އޮންނާނެ ކަމަށެވެ.