އަފްޣާނިސްތާންގެ ވެރިރަށް ކާބުލަގައި ހިލޭސާބަހަށް މަސައްކަތްކުރާ އިނިގޭސި އޮފިޝަލަކު ގެއްލިއްޖެ އެވެ.
ޚަބަރުތައް ބުނާ ގޮތުން އޭނާ ގެއްލުނީ ތާލިބާނުން ހިންގި ފަރިތަކުރުން ތަކެއްގައި ހައްޔަރުކޮށްފައި ހުއްޓަ އެވެ.
އިނގިރޭސި ނޫސް ތަކުން ބުނާ ގޮތުން ގްރަންޓް ބެއިލީ ނަމަކަށް ކިޔާ އިނގިރޭސި ރައްޔިތަކު، ތާލިބާނުންގެ އަތްދަށަށް ދާން ޖެހުނު ސަބަބެއް ނޭނގެ އެވެ.
އިނގިރޭސި ފޮރިން އޮފީހުން ބުނީ ކަން ހިނގައިދިޔަ ގޮތް ބަލަމުން ގެންދާ ކަމަށާއި އޭނާގެ އާއިލާއަށް އެކަން އަންގާފައިވާ ކަމަށެވެ. އަދި ތާލިބާނުންނާ ގުޅައިގެން އޭނާއަށް ވީގޮތް ހޯދަމުން ގެންދާ ކަމަށް ވެސް ބުންޏެވެ.
ތާލިބާނުން އަފްޣާނަށް އަރައިގަތުމުގެ ކުރިން ވެސް އޭނާ އަފްޣާންގައި މަސައްކަތްކުރި ކަމަށް އިނިގޭސި ފޮރިން އޮފީހުން ބުނެ އެވެ. އެހެން ނަމަވެސް އެމެރިކާ އާއި ބޭރު ސިފައިން އަފްޣާނުން ފޭބުމާ ގުޅިގެން އޭނާ ވެސް އެނބުރި ގައުމަށް ދިޔަ ކަމަށްވެ އެވެ.
އިނގިރޭސި ފޮރިން އޮފީހުން ބުނީ އޭނާ ދެވަނަ ފަހަރަށް އަފްޣާނަށް ދާން ޖެހުނު ސަބަބާ މެދު ހައިރާންވާ ކަމަށެވެ. އެނާ ދިޔައީ ކޮން ބޭނުމެއްގައި، ކީއްކުރަންކަން ވެސް އިނގިރޭސި އިދާރާތަކަށް ނޭނގޭ ކަމަށް ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަފްޣާންގައި ބޭރު ގައުމުތަކުގެ މީހުންނަށް މަސައްކަތް ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ތާލިބާނުން އެފުރުސަތު ނުދޭ ކަމަށްވެ އެވެ. އަނެއްކޮޅުން މިހާރު އަފްޣާންގައި ތިބި މީހުންނަށް ތާލިބާނުން ވަރަށް ޖެއްސުންކުރާ ކަމަށްވެސް ވެއެވެ.