ސްޓެލްކޯ

ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަވެއްޖެ

Dec 26, 2021

ސްޓެލްކޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ރަޝީދު މިއަދު އަވަހާރަވެއްޖެ އެެވެ.

ސްޓެލްކޯ އިން ވަނީ އެކަން ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް މުހައްމަދު ރަޝީދު އަވަހާރަވި ވަކި ސަބަބެއް ސްޓެލްކޯ އިން ބުނެފައެއް ނުވެ އެވެ.

މުހައްމަދު ރަޝީދު ވަނީ އެކި މަގާމުތަކުގައި ސްޓެލްކޯއަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ.

މުހައްމަދު ރަޝީދު ސްޓެލްކޯއާ އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ 1971 ވަނަ އަހަރު އެޕްރެންޓިސްޝިޕް ގައެވެ.

އޭގެ ފަހުން އިންޖީނިއަރުކަމާއި، ޑެޕިއުޓީ ޑިރެކްޓާ މެނޭޖިރިއަލްގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމާއި، އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، ސީއީއޯ ގެ މަގާމުވެސް ފުރުއްވާފައިވެ އެވެ.

ސްޓެލްކޯގެ ބޯޑުގެ ޗެއާމަންގެ މަގާމަށް މުހައްމަދު ރަޝީދު އައްޔަންކުރެއްވީ ފެބްރުއަރީ 12، 2019 ގައެވެ.