އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓަ ސިޓީން މެންޗެސްޓާ ސިޓީއާއި ދޭކޮޅަށް ކުޅެ ހިތް ދަތި ގޮތަކަށް ބަލިވި އިރު އާސެނަލް އަތުން ނޯވިޗްސިޓީ ވެސް ބަލިވެއްޖެ އެވެ.
ލެސްޓަ ސިޓީ އަދި މެންޗެސްޓާ ސިޓީ ވާދަކުރި މެޗު ސިޓީން ވަނީ 6-3 ލަނޑުން ކާމިޔާބު ކޮށްފަ އެވެ. މި މެޗުގައި ފުރަތަމަ ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދީފައި ވަނީ މެޗު ފެށިގެން ފަސްވަނަ މިނެޓުގެ ތެރޭގައި އެ ޓީމުގެ އެންމެ އިތުބާރު އެއް ފޯވާޑް ކަމުގައިވާ ބެލްޖިއަމްގެ ކެވިން ޑިބްރައިނާ އެވެ. މި ލަނޑަށްފަހު ސިޓީން ދެވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 14 ވަނަ މިނެޓުގައި ސްޕެއިންގެ މިޑްފީލްޑަރު އެމްރިކް ލަޕޯޓްއަށް ލެސްޓާ ސިޓީގެ ސްޓްރައިކަރް ޔޯރީ ޓިލެމަންސް ކުރި ފައުލް އަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ނެވެ. މިލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ރިޔާދް މަހްރޭޒް އެވެ. އެ ގޯލް ކާމިޔާބު ކުރިތާ ހަތް މިނެޓް ފަހުން ސިޓީގެ ކެޕްޓަން އިކޭ ގުންޑޮގަން ވަނީ އަނެއްކާވެސް ގޯލެއް ކާމިޔާބު ކޮށް ލީޑު އިތުރަށް ފުޅާކޮށްފަ އެވެ.
ގުންޑޮގަން މިގޯލު ކާމިޔާބު ކުރިތާ މާ ގިނަ އިރު ނުވެ ލެސްޓާގެ އޭރިޔާ ތެރެއިން ސްޓާލިން އަސް ކުރި ފައުލަކާއި ގުލިގެން ކުރި ފައުލަކާއި ގުޅިގެން އަނެއްކާވެސް ސިޓީއަށް ޕެނަލްޓީ އެއް ލިބިގެން ދިޔަ އެވެ. މި ލިބުނު ޕެނަލްޓީ ސްޓާލިން ވަނީ ގޯލުގެ ތެރެއަށް ވައްދާލައި މެޗުގައި އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ މެޗު ނިމެން ދަނިކޮށް 87 ވަނަ މިނެޓުގައެވެ. އޭގެ ކުރިން 69 ވަަނަ މިނެޓުގައި އެމްރިކް ލަޕޯޓް ވަނީ ގޯލެއް ކާމިޔާބު ކޮށްފަ އެވެ.
މި މެޗުގައި ދެވަނަ ހާފް ފެށިގެން ލެސްޓާއިން ވަނީ މޮޅަށް ކުޅެ ސިޓީ ޕްރެޝަރަށް ވައްޓައިލާފަ އެވެ. ނަތީޖާއެއްގެ ގޮތުން ލެސްޓާ އިން ވަނީ ގާތް ގާތުގައި ސިޓީގެ ގޯލަށް ނުރައަކާތެރި ގިނަ ހަމަލާ ތަކެއް އުފައްދައި ފުލުފުލުގައި ތިން ލަނޑު ކާމިޔާބު ކޮށްފަ އެވެ. މި ލަނޑުތައް ލެސްޓާ އަށް ކާމިޔާބު ކޮށްދިނީ ޖޭމްސް މަޑިސަން، އަޑެމޮލަ ލުކްމަން އަދި އިލިއަންޗޯ އެވެ. މި މެޗުގައި ލެސްޓާ ސިޓީން ދެއްކި ކުޅުމަށް ބަލާއިރު އެ ޓީމުގެ މިޑްފީލްޑަރު މަޑިސަން ގެ ކުޅުމަށް ލެސްޓަ ސިޓީގެ ސަޕޯޓަރުން އަންނަނީ ތައުރީފު ކުރަމުންނެވެ.
މިނަތީޖާ އާއެކު މެންޗެސްޓާ ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ ދެވަނައިގައި އޮތް ލިވަޕޫލަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެން ހަ ޕޮއިންޓްގެ ލީޑަކާއި އެކުގައެވެ. އަދި މިރޭގެ މެޗުން ބަލިވި ލެސްޓަ ސިޓީ ވަނީ ލީގުގެ 9 ވަނައިން 10 ވަނަ އަށް ވެއްޓިފައެވެ.
މިރޭ ދެން ކުޅުުނު މެޗު ތަކަށް ބަލާއިރު ނޯވިޗް ސިޓީ އަދި އާސެނަލް ވާދަ ކުރި މެޗް ވެސް ފާހަގަ ކޮށްލެވެއެވެ. މިމެޗުން ނޯވިޗް ސިޓީގެ މައްޗަށް އާސެނަލް އިން ވަނީ ވަރަށް ފަސޭހަ ކަމާއެކު 5-0 ލަނޑުން ކުރި ހޯދާފައެވެ. މެޗުގައި އާސެނަލް ގެ ލަނޑުތައް ޖަހާދީފައި ވަނީ ބޮޔޯކޯ ސަކާ އެލެގްޒާންދްރޯ ލަކަޒެޓް، ކޭރަން ޓިއާނޭ އަދި މެޗުގެ 82 ވަނަ މިނެޓުގައި ބަދަލު ކުޅުން ތެރިއެއްގެ ގޮތުގައު ކުޅެން އެރުވި އެމިލޭ ސްމިތް ރޯވް އެވެ އޭނާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ 90 މިނެޓް ހަމަ ވެގެން އިތުރު ވަގުތުގެ ގޮތުގައި ދެއްކި އެއް މިނެޓުގެ ތެރޭގަ އެވެ. އަދި މެޗުގައި މޭން އޮފް ދަ މެޗް އަށް ހޮވުނު ބޮޔޯކޯ ސަކާ ވަނީ ދެ ލަނޑު ޖަހާފަ އެވެ. މިއާއެކު ނޯވިޗް ސިޓީން ރެލިގޭޝަނުން ސަލާމަތް ވުމަށް ކުރަން ޖެހޭ މަސަތްކަތް ވަނީ އިތުރު ވެފައެވެ.
މިނަތީޖާ އާއެކު އާސެނަލް އިން ވަނީ ލީގުގެ ހަތަރު ވަނައިގައި ހަ ޕޮިނޓްގެ ލީޑެއް ނަގާފައެވެ އަދި ބަލިވި ނޯވިޗް ސިޓީ އޮތީ ގޭމް ވީކް 3 އަކުން ފެށިގެން ލީގުގެ ފުލުގައެވެ.
މިރޭ ދެން ކުޅުުނު މެޗު ތަކަށް ބަލާއިރު ނޯވިޗް ސިޓީ އަދި އާސެނަލް ވާދަ ކުރި މެޗް ވެސް ފާހަގަ ކޮށްލެވެއެވެ. މިމެޗުން ނޯވިޗް ސިޓީގެ މައްޗަށް އާސެނަލް އިން ވަނީ ވަރަށް ފަސޭހަ ކަމާއެކު 5-0 ލަނޑުން ކުރި ހޯދާފައެވެ. މެޗުގައި އާސެނަލް ގެ ލަނޑުތައް ޖަހާދީފައި ވަނީ ބޮޔޯކޯ ސަކާ އެލެގްޒާންދްރޯ ލަކަޒެޓް، ކޭރަން ޓިއާނޭ އަދި މެޗުގެ 82 ވަނަ މިނެޓުގައި ބަދަލު ކުޅުން ތެރިއެއްގެ ގޮތުގައު ކުޅެން އެރުވި އެމިލޭ ސްމިތް ރޯވް އެވެ އޭނާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ 90 މިނެޓް ހަމަ ވެގެން އިތުރު ވަގުތުގެ ގޮތުގައި ދެއްކި އެއް މިނެޓުގެ ތެރޭގަ އެވެ. އަދި މެޗުގައި މޭން އޮފް ދަ މެޗް އަށް ހޮވުނު ބޮޔޯކޯ ސަކާ ވަނީ ދެ ލަނޑު ޖަހާފަ އެވެ. މިއާއެކު ނޯވިޗް ސިޓީން ރެލިގޭޝަނުން ސަލާމަތް ވުމަށް ކުރަން ޖެހޭ މަސަތްކަތް ވަނީ އިތުރު ވެފައެވެ.
މިރޭ ޓޮޓެންހަމް އާއި ކްރިސްޓަލް ޕެލަސް ބައްދަލު ކުރި މެޗުން މޮޅުވީ ޓޮޓެންހަމްވެ. އެޓީމު މޮޅުވީ 3-0 އިންނެވެ. މި މެޗުގައި ޓޮޓެން ހަމްގެ ގޯލުތައް ޖަހައި ދީފައިވަނީ ހެރީ ކޭން، ލޫކަސް މޯރާ އަދި ހަނގްމިން ސަން އެވެ ވެސްޓްހޭމް އާއި ސައުތަމްޓަމް ބައްދަލު ކުރި މެޗުން ސައުތަމްޓެމް މޮޅުވީ 3-2 އެއްގެ ނަތީޖާއަކުންނެވެ. މިއާއެކު ވެސްޓް ހޭމް ވަނީ ލީގުގެ ހަ ވަނައަށް ސޮއްސާލައި ޗެންޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުރަމުން އައި އުންމީދަށް ލޮޅުން އަރާފައެވެ