އާ އަހަރު ފާހަގަ ކުރުން

އާ އަހަރުގެ ޝޯއަށް ބޮލީވުޑްގެ އަންކިތު

Dec 27, 2021
4
އަންކިތު ތިވާރީ
33.3%
33.3%
33.3%

އާ އަހަރު ފެށުން ފާހަގަކުރުމަށް މިއުޒިކް ޝޯއެއް ބާއްވައި، ޝޯގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ ބައިވެރިވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ އާ އަހަރު ފެށުން ފާހަގަކުރުމަށް މިއުޒިކް ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަންކިތު ޕާފޯމްކުރާ މި ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދުވާ ޓްރެކް ސަރަހައްދުގަ އެވެ. ޝޯ ފަށާނީ ރޭގަނޑު 8:30 ގައެވެ.

"މަރުހަބާވީސް"ގެ ނަމުގައި ބާއްވާ މި ޝޯ އިންތިޒާމް ކުރަނީ ޔޫތު މިނިސްޓްރީންނެވެ.

މި ޝޯއަކީ ޓޫރިޒަމް މިނިސްޓްރީ، ފެނަކަ، އެމްޓީސީސީ، އެމްޕީއެލް، އުރީދޫ، ދިރާގު، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، އެސްޓީއޯ އަދި މޯލްޑިވިއަންއާ ގުޅިގެން ކުރިއަށް ގެންދާ ޝޯއެކެވެ.

އަންކިތަކީ ބޮލީވުޑްގައި މަޝްހޫރު ލަވަތަކެއް ކިޔާފައިވާ ލަވަކިޔުންތެރި އެވެ. އޭނާ އަކީ ލަވަ ކޮމްޕޯސްކޮށް އަދި ޑައިރެކްޓްވެސް ކުރާ މީހެކެވެ.

އަންކިތުގެ މަޝްހޫރު އަލްބަމްތަކުގެ ތެރޭގައި "އޭކް ވިލަން" އަދި "އާޝިގީ 2" ހިމެނެ އެވެ. މި ދެ އަލްބަމްގެ ލަވަތަކަކީ ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރުކަން ހޯދާފައިވާ ލަވަތަކެކެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހާމިދު ޝާހިދު

ކޮބައިތޯ ޑަކްޓަރުކަން ކިޔަވައިގެން ހުންނެވި އިޔާދު؟ އޭނާގެ ޓުއީޓެއް ކީއްވެތޯ މިއޮއް މާތްކަމާ ގުޅޭގޮތުން ނާންނަނީ. އަދި ހޭފުޅު ނުލެވެނީތޯ؟ ޝެއިހް އިއްލިޔާސް ކޮބައިތޯ، ޝޭހު އިމްރާނު ކޮބައިތޯ!

މަޑި

ޑރ. އިޔާޒް އެއްޗެކޭ ނުބުނޭތަ.

ސަލާމް މި ދީބަށް

އާ އަހަރެއް ފެށިގެންދާއިރު، މި ލޮބުވެތި ފަސްގަނޑުގެ އަމާންކަމާ ފާގަތިކަމަށް، އަދި މި ޖީލު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށްދެއްވުމަށްއެދި މަޚްލޫފް އިސްނަގައިގެން ޖަމާޢީ ދުއާއެއް ކޮށްލިއްޔާ ދަރިޔާ ކީއްތަވާނީ؟ ލަވަކިޔާ މަޖާނެގުންތަ ހަމަ އޮންނަން ޖެހޭނީ؟ ކާކުގެ ހިތްހަމަޖައްސަން ކާކު ރުއްސަންތަ ތިޔަ މަސައްކަތް ކުރަނީ؟ މާތް ﷲ އަށް ތަޤވާވެރިވެ ބަލަ. ފާފަ ފުސަވާތޯ، މި ޤައުމަށް ޖެހިފައިވާ މުޞީބާތްތަކުން ސަލާމަތް ވޭތޯ ދުއާ ކޮށްބަލަ. ހެޔޮ ނުވާނެ. ކިހިނެއްތޯ އެނގެނީ މިޔުޒިކް ކުޅެން ތިއްބަ ނޫންކަމެއްވެސް އަހަރުމެންގެ ފުރާނަ ގެންދަވާނީ.

ޤައުމީ ލޯ

މާތް ﷲ މީނާއަށް ތެދުމަގު ދައްކަވާށި! އާމީން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345