މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ

އެމްޓީޑީން ކޮމަންޑޫ ދާއިރާއަށް ވާދަނުކުރަން ނިންމައިފި

ށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އުފެއްދުމަށް ބޭއްވި ޖަލްސާއެއްގެ ތެރެއިން: ކޮމަންޑޫ ދާއިރާއަށް ވާދަ ނުކުރަން އެޕާޓީން ނިންމައިފި---
0%
0%
0%

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ) އިން ވާދަ ނުކުރަން ނިންމައިފި އެވެ.

އެމްޓީޑީން ބުނީ މިއަދު ބޭއްވި އެޕާޓީގެ ކައުންސިލު ބައްދަލުވުމުގައި މިވަގުތު އިންތިހާބެއްގައި ވާދަކުރުމަށް ނުފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެ ޕާޓީގެ ޓިކެޓް ބޭނުންވާ ފަރާތްތަކަށް ހުޅުވާލުމުން ކުރިމަތިލެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރުވެސް އަދާކޮށްފައި ވެއެވެ.

އެމްޓީޑީއަކީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިސްކޮށް ހުންނަވާ އުފެއްދެވި ޕާޓީއެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމް އާއި އެމްޑީޕީން އަދި އެމްއެންޕީން ކެންޑިޑޭޓުން ނެރެން ނިންމާ ކެންޑިޑޭޓުން ވަނީ ފައިނަލް ކޮށްފަ އެވެ.

ޕީޕީއެމްގެ ޓިކެޓް، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީއަށް ދީފައިވާއިރު އެމްޑީޕީގެ ޓިކެޓް ދީފައިވަނީ މުހައްމަދު ރާޝިދަށެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓް ދީފައިވަނީ އަބްދުލް ހަންނާން އިދުރީސް އަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ވޯޓުލުން ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345