އެސްޓީއޯ

އެސްޓީއޯގެ އޭޖެންޓުންނަށް ވުމުގެ ފުރުސަތު

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކާ ބްރޭންޑްތަކުގެ މުދާ ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރު ކޮށްދޭނެ އޭޖެންޓުންނަށްވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓުންނަކީ އެ ކުންފުނިން ރާއްޖެއަށް އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ މުދާ އަތޮޅު ތަކުގައި ޕްރޮމޯޓްކޮށް އަދި ވިއްކައި ޑިސްޓްރިބިއުޓް ކުރަން ހޮވާލެވޭ އެސްޓީއޯގެ ބްރޭންޑް އޭޖެންޓުންތަކެކެވެ.

އެޖެންޓުންގެ ގޮތުގައި ހަމަޖައްސާނީ ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރި ހިންގާ ފަރާތްތަކެވެ.

އެސްޓީއޯގެ އޭޖެންޓުންނަށްވުމުގެ ފުރުސަތު އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވައިލައިފަ އެވެ.