ހަބަރު

ސީނިއާ ޕޮލިސީ އެގްޒެކެޓިވް މަގާމު އުފައްދައި ޑެޕިއުޓީ މިނިސްޓަރުން އެ މަގާމަށް

Dec 15, 2015

ސީނިއާ ޕޮލިސީ އެގްޒެކެޓިވް މަގާމު ރައީސް މިއަދު އުފައްދަވައި، ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން ގިނަ ބަޔަކު އެ މަގާމަަށް ބަދަލު ކޮށްފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވި ގޮތުގައި، ރައީސް އަލަށް އުފެއްދެވި މަގާމަށް އާ ބަޔަކު އައްޔަނެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި މިހާރު ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުން އެ މަގާމަށް ބަދަލު ކުރެއްވީ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ. އޭގެ ސަބަބުން އެބޭފުޅުންނަށް އިތުރު މުސާރައެއް ނޫނީ އެލަވަންސްތަކެއް ލިބިވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މުއާޒު ވިދާޅުވި ގޮތުގައި އާ މަގާމުގެ މަސްއޫލިއްޔަތަކަށް ވާނީ މިނިސްޓްރީ ހިންގުމަށް ކުރަން ޖެހޭ އެކި އެކި މަސައްކަތްތައް ކުރެއްވުން ކަމަށެވެ.
ތަފްސީލް އަންނަނީ..