ތ. ދިޔަމިގިލީގައި މިސްކިތެއް އިމާރާތް ކުރަން އިސްލާމިކު މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.
މިސްކިތް އަޅަން ހަވާލު ކުރީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުނިން އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ޑިރެކްޓަރު މުރުޝިދާ އަލިމަނިކެވެ. އިސްލާމިކް މިނިސްޓްރީން ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަދި އެކްޓިން ޕާމަނަންޓް ސެކެޓްރީ އަބްދުލް އަޒީޒް އިސްމާއީލެވެ.
މިސްކިތް އަޅަން ހަވާލުކުރީ އަންނަ އަަހަރު މަސައްކަތް ފަށައި އަހަރު ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ދައުލަތުގެ ބަޖެޓުން 8.8 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އަޅާ މި މިސްކިތަކީ 300 މީހުންގެ ޖާގަ އޮންނަ އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީ ކުރާ މިސްކިތެކެވެ.